ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރަން ރަޖިސްޓްރީ ކުރީ 26 ފަރާތަކުން ހިންގާ 45 ވިޔަފާރިއަކުންނެވެ. މީގެ ތެރޭގައި ހިމެނީ މާލޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ 27 ވިޔަފާރިއަކުންނާއި އަތޮޅުތެރޭގައި ނިސްބަތްވާ 18 ވިޔަފާރިއަކުންނެވެ.
ދިރާސީ އާ އަހަރު ފެށޭނީ އަންނަ އެޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ.
އާ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހުރިހާ ބެލެނިވެރިންގެ މަޢުލޫމާތައްޓަކައި ކުރި އިއުލާނުގައި ބުނެފައެވެ. އަދި ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރާނީ ސްޓޭޝަނަރީ ވައުޗަރުގެ އަސްލު އެފަރާތަކަށް ހުށަހެޅުމުން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، ރަޖިސްޓްރީކޮށްފައިނުވާ ފަރާތުން ތަކެތި ދޫކުރުމަށްފަހު ބިލް ހުށަހެޅުއްވި ނަމަވެސ،ް އެފަދަ ބިލްތަކަށް މިމިނިސްޓްރީން ފައިސާ ނުދެއްދޭނެ ކަމަށެވެ.
ދިރާސީ އާ އަހަރު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ދޫކުރަނީ ސްކޫލްތަކުންނެވެ.
މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ލިބޭނީ މި މަހު 27 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު