އޭޝިއަން ކަޕް ޝޫޓިން މުބާރާތުގައި މަޖީދިއްޔާގެ އީޝަލްއަށް ރިހި މެޑެލް

އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ އެއަރ ޕިސްޓަލް އިންޑިވިޖުއަލް ވިމެން ކެޓެގަރީން ރިހިމެޑަލް މަޖީދިއްޔާ ސްކޫލުގެ މަރިޔަމް އީޝަލް މިސްބާހު 15އ، ހޯދައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުގައި އޭނަ ބަލިވީ، ޗައިނީޒް ޓައިޕޭގެ ލިއައޮ ކެ ރޮންގްއާ ވާދަކޮށެވެ. ފައިނަލުގައި އީޝަލް ބަލިވީ އެންމެ 1.3 ޕޮއިންޓްގެ ތަފާތަކުންނެވެ. ޗެމްޕިއަންކަން ހޯދި  ލިއައޮ ކެ ރޮންގްއަށް 231.2 ޕޮއިންޓް ލިބުނުއިރު އީޝަލްއަށް 229.9 ޕޮއިންޓް ލިބުނެވެ.

އީޝަލްގެ ކާމިޔާބަކީ ޝޫޓިންއިން ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މަޖީދިއްޔާ ސްކޫލުގެ ގުރޭޑް 9ގައި ކިޔަވަމުން އަންނަ އީޝަލް ރިހިމެޑަލް ހޯދީ މި މުބާރާތުގައި ބައިވެރިވި 28 ޤައުމެއްގެ ކުޅުންތެރިންގެ ތެރެއިން 26 ކުޅުންތެރިންނާ ވާދަކޮށެވެ. ފައިނަލަށް އޭނާ ދިޔައީ ޤައުމީ ރެކޯޑް 517 ޕޮއިންޓުން މުގުރާލުމަށްފަހުއެވެ.

ޝޫޓިންގެ ތެރެއަށް ވަންތާ އަހަރެއްހާ ދުވަސްވި އީޝަލް ވަނީ، ޤައުމީ މުބާރާތުގައި އިންޑިވިޖުއަލްއާއި ޑަބަލްސްއިން ރިހި މެޑަލް ހޯދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *