ސްޓަޑީ ކޭމްޕް ބާއްވަން ހއ. އަތޮޅުގެ ކޮންމެ ސްކޫލަކަށް 10،000 ރުފިޔާގެ އެހީއެއް އެ އަތޮޅު ކައުންސިލުން ދީފިއެވެ.
ހއ. ގައި ހިމެނޭ ސާދަ ރަށުގެ ސްކޫލްތަކަށް މި އެހީ ހަވާލުކުރީ މިއަދު ހއ. ދިއްދޫ ބަނަދަރުމަތީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެހީގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް މޫސާ ޝަފީޤެވެ. ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލެއްގެ ޕްރިންސިޕަލެވެ.
ސްޓަޑީ ކޭމްޕް ބާއްވަން ކޮންމެ ސްކޫލަކަށް ވެސް ކައުންސިލުން ދިނީ 10،000 ރުފިޔާއެވެ.
ދަރިވަރު ނޫހަށް ހއ. އަތޮޅު ކައުންސިލުގެ ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، ދާއިމީ ގޮތެއްގައި އެފަދަ އެހީތެރިކަމެއް ކައުންސިލުން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.


advertisment
ހިޔާލު