ފާއިތުވި ދެ އަހަރު ގާފަރު ސްކޫލުގެ މޮޅު ދަރިވަރުންނަށް މުތުރަފު އާއި ރަފްހާން

ފާއިތުވި ދެ އަހަރު މާލެ އަތޮޅު ގާފަރު ސްކޫލުން އެއްވަނަ މުތުރަފު އަޙްމަދު ޝަރީފު އާއި ރަފްހާން ޞަބާޙް ހޯދައިފިއެވެ.

މުތުރަފަކީ 2022-2023 ވަނަ އަހަރު ގާފަރު ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ. ރަފްހާން އަކީ މިދިޔަ އަހަރު އެ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ.

މުތުރަފަކީ އަމިއްލަ އިސްނެގުމާއެކު ކިޔަވަން މަސައްކަތް ކުރި ދަރިވަރެއް ކަމަށް ޤާފަރު ސްކޫލުން ވަނީ ފާހަގަކޮށްފައެވެ. ކިޔެވި އަށް މާއްދާއިން ފާސްވެ ސްކޫލްގައި ބައިވެރިވި އިތުރު ހަރަކާތްތަކުގައި ވެސް ރަނގަޅު ކާމިޔާބީއެއް އޭނާ ވަނީ ހޯދާފައެވެ.

މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވި ރަފްހާނަށް އޯލެވެލް އިމްތިޙާނުގައި ހަތަރު އޭ ސްޓަރ އާއި ތިން ތިން އޭއާއި އެއް ބީ ލިބިފައިވެއެވެ. އޭނާ ދިޔައީ އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ އަށެވެ.

ސްކޫލުގެ އިތުރު ހަރަކާތްތަކުގެ ތެރޭގައި ސްކައުޓެއްގެ ގޮތުން ރަފްހާން ވަނީ މަސައްކަތް ކޮށްފައެވެ.

ކާމިޔާބީގައި ވެސް މަންމައާއި ބައްޕަގެ އިތުރުން އާއިލާއާއި ކިޔަވައިދެއްވި ޓީޗަރުން މުހިންމު ހިއްސާއެއް އަދާކުރެއްވި ކަމަށް މި ދެ ދަރިވަރުން ފާހަގަ ކުރެއެވެ.

ގާފަރު ސްކޫލުގައި 370 އެއްހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *