ދެވަނަ ޓާމުގެ އިމްތިޙާން ސްކޫލްތަކުގައި މިއަދު ފަށައިފި

ދެވަނަ ޓާމުގެ އިމްތިޙާން މިއަދު ސްކޫލްތަކުގައި ފަށައިފިއެވެ.

ގުރޭޑް 7 އާއި 9 އަދި 10ގެ ދަރިވަރުންނަށް ދިރާސީ އަހަރުގެ ފަހު އިމްތިޙާނު ފެށީ މިއަދުއެވެ.

ގުރޭޑް 10ގެ ކުދިންނަށް ކުރިއަށް ގެންދަނީ މޮކް އެގްޒާމެވެ. ގުރޭޑް 8ގެ ދަރިވަރުންނަށް 2ވަނަ ޓާމުން ފެށިގެން ސްޓްރީމް ކުރަން ފެށުމާ ގުޅިގެން އެ ގުރޭޑްގެ ދަރިވަރުންނަށް ޓެސްޓް ފަށަން ތާވަލު ކޮށްފައި ވަނީ މި މަހުގެ 15 އިން ފެށިގެންނެވެ.

ދެވަނަ ޓާމުގެ ޓެސްޓް މި މަހުގެ 20 އާ ހަމައަށް ކުރިއަށް ދާނެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް އަންގާފައި ވަނީ ގުރޭޑް 6ން ފެށިގެން ދަށުގެ ގުރޭޑް ތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވާނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 24 ވަނަ ދުވަސް ކަމަށް ކަނޑައެޅުމަށެވެ.

އިމްތިހާނަށް ފަހު ރިޕޯޓް ފޯމްދީ، ދަރިވަރުންގެ ބޮޑުޗުއްޓީ ފެށޭނީ ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އެޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *