ވެލާވަރު ރިސޯޓުން ދ. ރިނބުދޫ ސކޫލުގައި ކޮމްޕިއުޓަރު ލެބެއް ޤާއިމްކޮށްދީފިއެވެ. މި ލެބް ޤާއިމް ކުރުމަށް އެ ރިސޯޓުން 175،000 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

100 ކުދިންގެ ދަށުގެ އާބާދީ އެއް އޮތް ރިނބުދޫ ސްކޫލުގައި ގާއިމު ކޮށްފައިވާ ކޮންޕިއުޓަރ ލެބުގައި މިވަގު ހުރީ 6 ކޮންޕިއުޓަރެވެ. މީގެ އިތުރުން 75” ގެ ޓީވީއެއްވެސް ރިޒޯޓުން ހަދިޔާކުރިއެވެ.

ރިނބުދޫ ސްކޫލުން ބުނި ގޮތުގައި، އުންމީދަކީ ސްކޫލު ނިމިގެންދާ ދަރިވަރުންނަށް ޑިޖިޓަލް ލާނިން ތަޢާރަފުކޮށް، ކޮންމެ ކުއްޖަކީވެސް ކޮންޕިއުޓާ ބޭނުން ކުރަން އެނގޭ ކުއްޖަކަށް ހެދުމެވެ. އަދި ބެލެނިވެރިންނަށް ވެސް ކޮންޕިއުޓަރ ކުލާސްތަށް ތަޢަރަފު ކުރަން އެ ސްކޫލުން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު