ފާއިތުވި އަހަރު 15،300 ދަރިވަރުންނަށް މަތީ ތައުލީމް ފޯރުކޮށްދޭން 1.26 ބިލިއަން ރުފިޔާ

ފާއިތުވި އަހަރު 15،300 ދަރިވަރުންނަށް މަތީ ތައުލީމް ފޯރުކޮށްދޭން 1.26 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި މިއަދު ޤައުމާ މުޙާއްޠަބު ކުރައްވައި ވިދާޅުވީ، ދިވެހި ދަރިވަރުން ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަކީ އަދި އެ ދަރިވަރުންގެ ޢިލްމީ ފައިދާ، ދިވެހި ޤައުމަށް ލިބުން މުހިންމު ކަަމަށެާއި އެހެންކަމުން، ދިވެހި ކިޔަވާކުދީންގެ ތަޢުލީމަށް ހުރިހާ އުމުރުފުރާއެއްގައިވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރު މުއްދަތުގެ ތަމްރީނުތަކަށް 1000 ފުރުޞަތު ދީފައިވާއިރު އަދި އެހެންމެ 640 އަށް ވުރެ ގިނަ ސްކޮލަރޝިޕް ފުރުޞަތު ފަހިކޮށްދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިޒްޒު ވިދާޅުވީ، ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ރިސަރޗް ގްރާންޓް ފަންޑެއް މިހާރު ވާނީ ޤާއިމުކޮށްފައި. ހަމައެއާއެކު، ރިސަރޗް ކައުންސިލެއް އުފައްދައި، ރިސަރޗް ގްރާންޓް ދޫކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

ދިރާސާއާއި މަތީ ތަޢުލީމަށް ފަހިކުރުމަށްޓަކައި ހުޅުވާލެވިފައިވާ މި ފަހި ފުރުޞަތުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭއިރު ދަރިވަރުންނަށް ދިމާވާ ޑޮލަރު ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިހާރު ވަނީ ކާޑު ލިމިޓް 1200 އެމެރިކާ ޑޮލަރަށް މަތިކޮށްފައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *