އިހަވަންދޫ ސްކޫލާއި މިލަންދޫ ސްކޫލު ގުޅިގެން މަތީ ސާނަވީ ދަރިވަރުންގެ ސްޓަޑީ ކޭންޕު ބާއްވައިފި

ކުރިއަށް އޮތް ސެމިސްޓަރ އިމްތިހާނުތަކާއި އޭ ލެވެލް އަދި އެޗް އެސް ސީ އިމްތިހާނަށް ދަރިވަރުން ފައްކާ ކުރުމުގެ ގޮތުން، މިލަންދޫ ސްކޫލާއި އިހަވަންދޫ ސްކޫލުގެ މަތީ ސާނަވީ ދަރިވަރުންނަށް ސްޓަޑީ ކޭންޕެއް ކުރިއަށް ގެންގޮސްފިއެވެ.

2025 ޖަނަވަރީ 31 އިން 2025 ފެބުރުވަރީ 2ގެ ނިޔަލަށް ށ. މިލަންދޫ ސްކޫލުގައި ބޭއްވި މި ކޭންޕުގައި ދެ ސްކޫލުގެ އޭ ލެވެލް ދަރިވަރުންށަށް ގަޑި ނަންގަވާދީފައިވަނީ ދެ ސްކޫލުގެ މުދައްރިސުންނެވެ.

މިލަންދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް އާދިލް، ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ދެ ސްކޫލުގެ މުދައްރިސުންގެ ބޭނުން ކޮށްގެން ދަރިވަރުންނަށް އެތައް ގޮތަކުން ފައިދާ ލިބޭނެހެން ހިންގުނު ކޭންޕެއް ކަމަށެވެ.

މި ކޭންޕުގައި އިހަވަންދޫ ސްކޫލްގެ ޓީޗަރުން މިލަންދޫ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދިން އިރު، މިލަންދޫ ސްކޫލުގެ ދަރިވަރުންނަށް އިހަވަންދޫ ސްކޫލްގެ ޓީޗަރުން ގަޑި ނަގައިދިން ކަމަށް އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މިއީ ދެ ސްކޫލުގެ މެދުގައި ވާހަކަދެކެވިގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ރޭވުނު ހަރަކާތެއްގެ ފެށުން ކަމުގައި އެ ބޭފުޅުން މައުލޫމާތުދެއްވިއެވެ.

މިއީ ދެ ސްކޫލު ގުޅިގެން ކުރިއަށް ގެންދާ ސްޓަޑީ ކޭންޕުގެ ފުރަތަމަ ކޭންޕުކަމަށާއި މީގެ ދެވަނަ ކޭންޕް ހޯސްޓްކުރާނީ އިހަވަންދޫގައި ކަމަށް ދެބޭފުޅުން ވެސް ވިދާޅުވިއެވެ.

ދެ ސްކޫލުގެ ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލެއްވުމާއެކު ކުރިއަށް ގެންދިޔަ މި ކޭންޕުގައި އިމްތިހާނަށް ތައްޔާރުވާނެ ގޮތުގެ އިތުރުން ދަރިވަރުންގެ މުނިފޫހިފިލުވުމުގެ ޚާއްޞަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *