ކެމްބްރިޖް ލާރނަރސް އެވޯޑް ޝަރަފުއްދީނުގެ 4 ދަރިވަރުންނަށް

އޯލެވެލްގައި އިނގިރޭސި މާއްދާއިން ކެމްބްރިޖް ލާރނަރސް އެވޯޑް ޝަރަފުއްދީން ސްކޫލުގެ ގެ 4 ދަރިވަރުން ހޯދައިފިއެވެ.

ސެކަންޑް ލޭންގުއޭޖުގެ ގޮތުގައި އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދި ހަތަރު ދަރިވަރުންނަކީ:

އައިޝަތު މިޝްކާ މުބާޝިރު

އާމިނަތު އައުފާ ޚަލީލް

މަރިޔަމް މަންހާ މުސައްވިރު

މީކާއީލް ބިސްބާޙް ނަޒީރު

މި ދަރިވަރުންގެ ތެރެއިން މިޝްކާ އަށް އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނަ ލިބިފައިވެއެވެ. އަދި މަންހާ އަށް ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ލިބިފައިވެއެވެ.

މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުން ޝަރަފުއްދީން ސްކޫލުގެ 20 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އޭގެ ތެރެއިން އެއް ދަރިވަރަކު، ޤައުމީ ގަދަ ދިހައެއްގެ އެއް ވަނަ ހޯދާފައިވެއެވެ.

ޝަރަފުއްދީން ސްކޫލުން ބުނީ، އެ ސްކޫލަށް އޯލެވެލްގައި ލިބުނު ނަތީޖާއާއި އަދި ދުނިޔޭގެ ވަނަތައް ހޯދައިދިނުމުގައި ލީޑިންގ ޓީޗަރު އަމީލާ މިސް އާއި އިނގިރޭސި ޓީޗަރު ފާތުން މިސް އާއި އަދި އެ ސްކޫލުގެ ކުރީގެ އިނގިރޭސި ޓީޗަރު ފަރުޒާނާ މިސްގެ އިތުރުން ދަރިވަރުންގެ ކާމިޔާބީގައި އެހީތެރިވެދެއްވި ހުރިހާ ޓީޗަރުންނަށް ޚާއްޞަ ޝުކުރެއް އަދާކުރާ ކަމަށެވެ. މިކާމިޔާބީއަށް އެކުދިންނަށް މަގުދައްކައި ދިނުމުގައި ކުރެއްވި މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ. އަދި އެ ބުރަ މަސައްކަތާއި ކުރެއްވި ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޝަރަފުއްދީން ސްކޫލުން އަންނަނީ ކޮންމެ އަހަރަކު ވެސް ރަނގަޅު ނަތީޖާއެއް އޯލެވެލްގައި ނެރެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *