ދެވަނަ ޓާމުގައި ގުރޭޑް 6 ން ދަށުގެ ދަރިވަރުން ކިޔަވާނެ އެންމެ ފަހު ދުވަހަކީ ފެބުރުވަރީ މަހުގެ 24ވަނަ ދުވަސް

ދެވަނަ ޓާމުގައި ގުރޭޑް 6ން ދަށުގެ ދަރިވަރުން ކިޔަވާނެ އެންމެ ފަހު ދުވަހަކީ 24 ފެބުރުވަރީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑްމިނިސްޓްރޭޝަން ޑިވިޜަން ހިންގުމާ ހަވާލުވެހުންނެވި އަލީ މުފީދު ސޮއިކުރައްވައި 29 ޖަނަވަރީގައި ސްކޫލްތަކަށް ފޮނުއްވި ސަރކިއުލާގައި ބުނެފައި ވަނީ، ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހަކީ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ވެސް ސްކޫލަށް ހާޒިރުވެގެން ކިޔަވާނެ އެންމެ ފަހު ދުވަސް ކަމަށެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ، ރިޕޯޓް ފޯމުގެ މަސައްކަތް ކުރުމަށްޓަކައި ފެބުރުވަރީ މަހުގެ 23 އާއި 24 ވަނަ ދުވަހު ސެޝަން ކުރު ކުރެވިދާނެ ކަމަށެވެ.

ގުރޭޑް 7ން މަތީގެ ދަރިވަރުންނަށް ދެވަނަ ޓާމުގެ ޓެސްޓް ފެށޭނީ ފެބުރުވަރީ މަހުގެ އަށް ވަނަ ދުވަހުއެވެ. ލިމޭނީ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ރިޕޯޓް ފޯމް ދިނުމަށްފަހު ސްކޫލްތައް ބަންދު ކުރާނީ ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ 6 އެޕްރީލުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *