އޯލެވެލްގައި ސެކަންޑް ލޭންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދާ ކެމްބްރިޖް ލާނަރސް އެވޯޑް ގއ. އަތޮޅު ތަޢުލީމީ މަރުކަޒު އާމިނަތު ޒޭބާ އަބްދުﷲ އާއި ފާޠިމަތު މާވިޝް މުޙައްމަދު ހޯދައިފިއެވެ.
މި ދަރިވަރުން ވަނީ އިނގިރޭސި މާއްދާއިން ރާއްޖެއިން ވެސް އެއްވަނަ ހޯދާފައެވެ.
އޯލެވެލް އިމްތިޙާނުގައި ޒޭބާއަށް ލިބުނީ ތިންވަނައެވެ. މާވިޝްއަށް ލިބުނީ 10ވަނައެވެ.
މި ކާމިޔާބީ ގުޅިގެން ގއ. އެއީސީން ބުނެފައި ވަނީ، އެ ކާމިޔާބީގައި އެންމެ އިސްދައުރެއް އަދާކުރި އިނގިރޭސި ޓީޗަރު ސަތީޝްގެ ހިތްވަރާއި އިރުޝާދާ ނުލައި މި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ނުލިބުނީސް ކަމަށެވެ. މީގެ އިތުރުން ލީޑިންގ ޓީޗަރ އިބްރާހީމް ވަޙީދު ގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ލީޑަރޝިޕާއި، ބެލެނިވެރިންގެ ހިތްވަރާއި، ދަރިންގެ ތަޢުލީމަށް ދެއްވާ ހިތްވަރާއި އަހައްމިއްޔަތުކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި ކާމިޔާބީ ފާހަގަކޮށް، ކުރިއަށް އޮތްތަނުގައި ވެސް ދަރިވަރުން ކުރާ މަސައްކަތުގައި ކާމިޔާބީ އަށް އެދޭ ކަމަށެވެ.
advertisment
ހިޔާލު