ބ. ކެންދޫ ޕްރީ ސްކޫލް ހިންގައިދޭނެ ބަޔަކު ހޯދަނީ

ބ. ކެންދޫ ޕްރީ ސްކޫލް ހިންގައިދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

ކެންދޫ ކައުންސިލުން ބުނީ، ޕްރީ-ސްކޫލް ހިންގާނެ ފަރާތެއްގެ ގޮތުގައި ޢައްޔަންކުރާނީ މިކަމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށް ފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފާރަތަކަށެވެ. ޕްރީ ސްކޫލް ހިންގަން ޝައުޤުހުރި ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަން ޖެހެނީ އަންނަ ފެބުރުވަރީ މަހުގެ 13:30އަށެވެ.

ކެންދޫގައި ޕްރީ ސްކޫލެއްގެ ޚިދުމަތް ދެމުން އައީ 5000 އެއްހާ އަކަފޫޓްގެ ބިމެއްގައި ސްކޫލެއް އިމާރާތް ކޮށްގެންނެވެ. މިހާރު އެ ޚިދުމަތް ވަނީ ހުއްޓިފައެވެ.

އެ ރަށު ކައުންސިލުން ބުނީ، ޕްރީ ސްކޫލް ހިންގަން ބޭނުންވާ ފަރާތަށް މިހާރު ހުރި އިމާރާތާއި އެ އިމާރާތުގައި ހުރި ތަކެތި ބޭނުން ކުރެވޭނެ ކަމަށެވެ. ޕްރޮޕޮސަލް ހުށައަޅާފައިރު، ސްކޫލް ހިންގަން ހުށައަޅަން ޖެހެނީ މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ގިނަވެގެން 15 އަހަރުގެ މުއްދަތަކަށެވެ.

ޕްރޮޕޯސަލް ހުށައަޅާއިރު، ސްކޫލް ހިންގަން ބޭނުންވާ ގޮތުގެ ޕްލޭނާއި ވަޞީލަތްތައް ހޯދަން އިންވެސްޓް ކުރާނެ ގޮތާއި ޤާބިލުކަމާއި ޓީޗަރުންގެ ފެންވަރާއި އަދި ދަރިވަރުންގެ އަދުން ފީ ނަގާނެ މިންވަރާއި ޚިދުމަތް ފެށޭނެ ދުވަހެއް ހިމަނާފައި އޮންނަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *