އޭލެވެލްގެ ގަދަ ދިހައެއްގައި 2024 ވަނަ އަަހަރު އަޙްމަދިއްޔާގެ 51 ދަރިވަރުން ހިމެނިއްޖެއެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ ހަތަރު ދަރިވަރުން އިތުރު އަދަދެކެވެ. ގަދަ ދިހައެއްގައި 2023 ވަނަ އަހަރު ހިމެނުނީ 47 ދަރިވަރުންނެވެ.
އަޙްމަދިއްޔާއިން ބުނީ، ދިވެއްސާއި އިސްލާމް ހިމަނައިގެން ޔުނިވަރސިޓީއަށް ވަދެވޭ ފެންވަރަށް ފާސްވި ދަރިވަރުންގެ އަދަދު 91.45 އިންސައްތައަށް އަރާ ކަމަށާއި އެ ދެ މާއްދާ ނުލައި ޔުނިވަރސިޓީއަށް ވަދެވޭ މިންވަރަށް 71.5 އިންސައްތަ ދަރިވަރިން ފާސްވެފައިވާ ކަމަށެވެ.
އެ ސްކޫލުން ބުނީ، ރިޗެކް ކުރުމުން ނަތީޖާއަށް ބަދަލު އައުމުގެ ފުރުޞަތު އޮތް ކަމަށާއި، ގަދަ ދިހައެއްގައި ހިމެނޭ ކުދިންގެ އަދަދުވެސް އިތުރުވުމުގެ ފުރުޞަތު އޮތް ކަމަށެވެ.
އަޙްމަދިއްޔާ އިންޓަރނޭޝނަލް ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 12އަށް މާލެ ހިމެނޭ ސަރަހައްދުގައި ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަމެވެ.


advertisment
ހިޔާލު