ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ރަޙްމާ އަބްދުއްރަޙްމާން ރިޓަޔަރ ކުރައްވަން ނިންމައިފިއެވެ.
މާދަމާ އަކީ ކަލާފާނު ސްކޫލުގައި ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ރަޙްމާ މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަހެވެ. ރިޓަޔަރ ކުރައްވަން ނިންމެވުމާ ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނާއި ޕީޓީއޭގެ ފަރާތުން، ވަދާއީ ހަރަކާތްތަކެއް ދަނީ ރާވަމުންނެވެ. ޕީޓީއޭއިން ބޭއްވި ހަރަކާތް ކުރިއަށް ގެންދިޔައީ ރޭ ގައެވެ. ދަރިވަރުން ބައިވެރިވާ ހަރަކާތްތައް މާދަމާ ކުރިއަށް ގެންދާނެއެވެ.
ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަން ރަހުމާ ފެއްޓެވީ 1989 ވަނަ އަހަރު އިސްކަންދަރު ސްކޫލުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ދެ އަހަރު ފަހުން 1990 ވަނަ އަހަރު ކަލާފާނު ސްކޫލަށް ބަދަލުކުރެއްވިއެވެ. އޭގެ ދުވަސްތަކެއް ފަހުން ކަލާފާނު ސްކޫލުގެ ސްޕަވައިޒައެއްގެ ގޮތުގައި ހުންނެވުމަށްފަހު، 2003ގައި އަމީނިއްޔާ ސްކޫލަށް ބަދަލުކުރެއްވިއެވެ. ޖެހިގެން އައި އަހަރު ކަލާފާނު ސްކޫލަށް ބަދަލުކުރެއްވީ ސްޕަވައިޒަރެއްގެ ގޮތުގައެވެ. އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެއްޓެވީ އިސްކަންދަރު ސްކޫލުަގައެވެ. އެއީ 2006 ވަނަ އަހަރުއެވެ.
2009 ވަނަ އަހަރާ ހަމައަށް އިސްކަންދަރުގައި މަސައްކަތް ކުރެއްވުމަށްފަހު، ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި ކަލާފާނަށް ބަދަލުކުރެއްވިއެވެ. ކަލާފާނު ސްކޫލުގައި ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެއްޓެވީ 2015 ވަނަ އަހަރުން ފެށިގެންނެވެ.
ރަހުމާގެ 36 އަހަރުވީ ތަޢުލީމީ ޚިދުމަތުގައި 10 އަހަރު ހޭދަކުރެއްވީ ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ކަމުގައެވެ.
ހިޔާލު