ލާމަސީލުލާމު ހިފުޡް ޕްރޮގުރާމް ފަސް އަހަރު ދުވަހަށް ހިންގައިދޭނެ ފަރާތެއް ހޯދަން ލ. އަތޮޅު ކައުންސިލުން އިއުލާން ކޮށްފިއެވެ.
އެ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައި ވަނީ، ލ. އަތޮޅުގައި ޤާރީންނާއި ޙާފިޡުން އުފެއްދުމުގެ މަޤުސަދުގައި ވާޗްއަލްކޮށް ފަސް އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ "ލާމަސީލުލާމު ހިފުޡް ޕްރޮގުރާމް" ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ޕްރޮގްރާމް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުގެ 13:00އަށް ބިޑް ހުށައެޅުމަށެވެ.
ލ. އަތޮޅު ކައުންސިލުން ބުނެފައި ވަނީ، – ލާމަސީލުލާމު ޙިފްޡު ޕްރޮގުރާމް ކުރިޔަށް ގެންދަން އެ ކައުންސިލުން ބޭނުންވަނީ، ވާޗްއަލްކޮށް މަދުވެގެން 30 މީހުންނަށް ބައިވެރިވެވޭ ގޮތަށް ކަމަށެވެ. އަދި މަދުވެގެން ހަފްތާއަކު ތިން ދުވަހު ކުލާސް ގެންދަންޖެހޭނެ ކަމަށާއި އަހަރަކު މަދުވެގެން ހަތަރު ފޮތް، ޙިފްޡު ޕްރޮގުރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކު ދަސްކުރެވޭ މިންވަރަށެވެ. އަދި ޙިފްޡު ޕްރޮގުރާމުގެ އިމްތިޙާން މަދުވެގެން އަހަރަކު އެއް ފަހަރު ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ހިފުޡް ޕްރޮގުރާމް ހިންގައިދޭނެ ފަރާތެއް ހޮވުމުގައި، އެންމެ ގިނަ ޕޮއިންޓް ކަނޑައަޅާފައި، ވަނީ އެންމެ ދަށް އަގެއް ހުށައަޅާ ފަރާތަކަށެވެ. އަގަށް 80 ޕޮއިންޓް ދޭއިރު މުއްދަތާއި ތަޖުރިބާއަށް 20 ޕޮއިންޓް ކަނޑައަޅާފައިވެއެވެ.
ހިފުޡް ކުރުމުގެ ޕްރޮގްރާމެއް ޤުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ލ. އަތޮޅު ކައުންސިލުން މިދިޔަ އަހަރު ފެށިއެވެ. އޭރު ކައުންސިލުން ބުނެފައި ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވެ، ހިތުދަސްކުރާ ކޮންމެ ފޮތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށެވެ.
advertisment
ހިޔާލު