ސްކޮލަރޝިޕްގެ ދަށުން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގުރޭޑް 1ގައި ކިޔެވުމަށް ހުޅުވާލި ފުރުޞަތުގައި ލިބުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ޝަރުޠު ހަމަވާ ފަރާތެއް ނެތުމުން އަލުން ހުޅުވާލައިފިއެވެ.
އެ ސްކޫލުން ކުރި އިއުލާނުގައި ބުނެފައި ވަނީ، އެ ސްކޫލުގެ ގުރޭޑް 1 އަށް ވަންނަން އެދޭ، ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ 3 ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުން، ސްކޮލަރޝިޕުގައި ބައިވެރިވާން އެދޭ ފޯމް އަންނަ މަހުގެ 6 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށައަޅަން ޖެހެއެވެ.
ސްކޮލަރޝިޕް ކުރިއަށް ދާނެ ގޮތުގެ ތާރީޚްތަކެއް ވެސް އެ އިއުލާނުގައި ދީފައިވެއެވެ. އެ ގޮތުން ހުށައަޅާ ފޯމް އެވެލުއޭޓް ކުރާނީ 13 ފެބުރުވަރީގައެވެ. ޝޯޓް ލިސްޓް ކުރާ ދަރިވަރުން އެސެސް ކުރާނީ ޖަނަވަރީ މަހުގެ 16 ފެބުރުވަރީގައެވެ. ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ކަނޑައަޅާނީ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ސްކޮލަރޝިޕް އެވޯޑް ކުރާނީ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ދަރިވަރުންގެ އެޑްމިޝަން ފީ އާއި ޓިއުޝަން ފީ އެ ސްކޫލުން ދައްކައިދެއެވެ. އަދި ސްކޮލަރޝިޕް ދެވުނު ޝަރުޠު ފުރިހަމަވެ، ކޮންމެ ގުރޭޑަކަށް ކަނޑައެޅިފައިވާ މިންގަނޑު ޙާޞިލްވަމުންދާނަމަ، ގުރޭޑް 10 ނިމެންދެން މި ސްކޮލަރޝިޕްގެ ދަށުން ކިޔަވައިދެވޭނެއެވެ.
ހުށައަޅަން ޖެހޭ ލިޔެކިތުންތައް ހަމަނުވާ ފޯމްތައް އިވެލުއޭޓް ނުކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ޣިޔާޘުއްދީން ސްކޫލަކީ ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ސްކޫލެވެ.


advertisment
ހިޔާލު