ޖާގަ ހުރި ކޯސްތަކަށް ވަނުމުގެ މުއްދަތު ފެބުރުވަރީ 13އަށް އެމްއެންޔޫއިން އިތުރުކޮށްފި

ޖާގަ ހުރި ކޯސްތަކަށް ވަނުމުގެ މުއްދަތު ފެބުރުވަރީ 13އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިތުރުކޮށްފިއެވެ.

އެ ޔުނިވަރސިޓީން ބުނީ، ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެ ކަމަށެވެ.

ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށައަޅަން ޖެހެނީ ފެބްރުވަރީ މަހުގެ 13 ވަނަ ދުވަހުގެ 14:00 ކުރިންނެވެ.

ފޯމް ހުށައަޅާނީ، އެމްއެންޔޫގެ އޮންލައިން ޕޯރޓަލް http://mv.edu.mnu.portal މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު http://mv.edu.mnu@studentservices އަށް މެއިލް ކުރުމުން އަދި http://mv.edu.mnu://https ވެބްސައިޓް ވެސް ލިބެން ހުންނާނެއެވެ.

އެމްއެންޔޫއިން ބުނީ އެކި ދާއިރާތަކުން 120 އަށްވުރެ ގިނަ ކޯހަށް ވަނުމުގެ ފުރުޞަތު އެ ޔުނިވަރސިޓީން ހުޅުވާލާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *