އުސްތާޛް އިބްރާހިމް ރިޟާގެ ހަނދާނީ ޤުރްއާން މުބާރާތް: ސާއީ "ގުރައިދޫ ތަރި" އަކަށް

ދެވަނަ އާލްއަށް ތިންވަނަ އައިންއަށް

އުސްތާޛް އިބްރާހިމް ރިޟާގެ ހަނދާނީ ޤުރްއާން މުބާރާތުން އެއްވަނަ ހޯދާ " ގުރައިދޫ ތަރި"ގެ މަޤާމް މުޙައްމަދު ސާއީ ސާދިމް ހޯދައިފިއެވެ.

މި މުބާރާތުން ދެވަނަ ހޯދީ، އާލް މުޙައްމަދު ނިޔާޒެވެ. ތިން ވަނަ ހޯދީ، ޢައިން ބިންތި ޢަބްދުލްމަޖީދެވެ. މި މުބާރާތުގެ ނިންމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި، އެއްވަނަ ހޮވުނު ދަރިވަރަކަށް އިނާމާއި ތާޖު ހަވާލުކޮށް ދެއްވީ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ބިން ޤާސިމެވެ.

އުސްތާޛް އިބްރާހިމް ރިޟާގެ ހަނދާނީ ޤުރްއާން މުބާރާތުން ދެ ވަނަ ހޯދި އާލް މުޙައްމަދު ނިޔާޒަށް ޝަރަފުވެރިމެހުމާނު އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ބިން ޤާސިމް އިނާމް ހަވާލުކޮށްދެއްވަނީ: ފޮޓޯ: ގުރައިދޫ ކައުންސިލް

ޤުރައިދޫ ތަރިއަކަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެއެވެ. މިއީ މި މިބާރާތް ބާއްވާ ދެ ވަނަ އަހަރެވެ. ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރޫމް އިބްރާހިމް ރިޒާގެ ހަނދާނުގައި މި މުބާރާތް ބާއްވަނީ ގުރައިދޫ ކައުންސިލުންނެވެ.

އުސްތާޛް އިބްރާހިމް ރިޟާގެ ހަނދާނީ ޤުރްއާން މުބާރާތުން ތިން ވަނަ ހޯދި ޢައިން ބިންތި ޢަބްދުލްމަޖީދަށް ގުރައިދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު ހުސައިން ރިޒާ އިނާމް ހަވާލުކޮށްދެއްވަނީ: ފޮޓޯ: ގުރައިދޫ ކައުންސިލް

"ޤުރައިދޫ ތަރި" މި ފަހަރު ހޮވީ، ރަމަޟާން މަހު ބޭއްވި ޤުރުއާން މުބާރާތުން އެންމެ މަތިން މާކްސް ހޮވި 15 ދަރިވަރުން ބައިވެރިކޮށްގެންނެވެ. ކުރީ އަހަރު ބައިވެރި ކުރީ 10 ދަރިވަރުންނެވެ. މުބާރާތަށް ހޮވޭ ދަރިވަރުންނަށް އިތުރު ތަމްރީނުގެ ދިނުމުގެ މަސައްކަތް ވެސް ގުރައިދޫ ކައުންސިލުން ކުރަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *