ހއ. އިހަވަންދޫ ސްކޫލުގެ އަދަބީ ރަން ތަރިންނަކީ ޢާއިޝަތު ޒާރާ އަޙްމަދު ޒިރާން އާއި ނަޒާހާ ބިންތި ޢިމްރާނެވެ. ޒާރާ ރަންތަރިއަކަށް ހޮވުނީ ސާނަވީ އަދި މަތީ ސާނަވީ ބައިންނެވެ. ނަޒާހާ ރަންތަރިއަކަށް ހޮވުނީ ދަށު ސާނަވީ ބައިންނެވެ.
ޒާރާ ބައިވެރިވި ދެ މުބާރާތުގެ ތެރެއިން ޕްރެޒެންޓޭޝަން ހުށައެޅުމާއި ޑްރާމާއިން އެއްވަނަ ހޯދާފައެވެ. އަދި ކާ ކިޔުމުން ތިން ވަނަ ހޯދިއެވެ. ނަޒާހާ ވަނީ، ވާހަކަ ކިޔުމުން އެއްވަނަ ހޯދާ ބަނދިކިޔުމާއި ޑްރާމާއިން ދެވަނަ ހޯދާފައެވެ.
ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ދިވެހި އަދަބީ ފޯވަހީގައި، ޑްރާމާ މުބާރާތް ފިޔަވައި އެހެން ހުރިހާ މުބާރާތެއް ކުރިއަށް ގެންދިޔައީ ވަކިވަކި ދަރިވަރުންގެ ހުނަރު ހުށައަޅައި ދޭ ގޮތަށެވެ. ޑްރާމާ މުބާރާތް ކުރިއަށް ގެންދިޔައީ ހައުސްތަކުގެ މެދުގައެވެ.
ކޮންމެ ކުއްޖަކަށް ވެސް ދެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު އޮންނައިރު، ރަންތަރިއަކަށް ވެވެނީ ތިން މުބާރާތުގައި ބައިވެރިވެ އެންމެ މަތިން މާކްސް ހޯދައިގެންނެވެ.
ދިވެހި އަދަބީ ފޯވަހީގައި 572 ހުށައެޅުމެއް ދަރިވަރުން ހުށައަޅާފައިވެއެވެ. އަދަބީ ފޯވަހީގައި ކުރިއަށް ގެންދިޔަ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށް އިރުޝާދު ދިނީ ބެލެނިވެރިންނެވެ.


advertisment
ހިޔާލު