ރިސަރޗްގެ ދާއިރާގައި، ތައިލެންޑްގެ މަހިޑޮލް ޔުނިވާސިޓީއާ ގުޅިގެން އެމްއެންޔޫ މަސައްކަތް ކުރަނީ

ރިސަރޗްގެ ދާއިރާގައި، ތައިލެންޑްގެ މަހިޑޮލް ޔުނިވާސިޓީ އާއި އެމްއެންޔޫ ގުޅިގެން މަސައްކަތް ކުރުމަށް ދެ ފަރާތުގެ މެދުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި ސޮއިކޮށްފިއެވެ.

ދެ ޔުނިވަރސިޓީގެ ދެމެދުގައި މިއަދުވި ޕާޓްނަރޝިޕް އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، ވައިންސ ޗާންސެލަރު، ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. ތައިލެންޑްގެ މަހިޑޮލް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރައީސް ޕްރޮފެސަރ ޕިޔަމިތުރު ސްރިތާރާއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ގުޅިގެން ކުރެވޭ ދިރާސާތަކުގެ ޙަރަކާތްތައް ދެނެގަނެ، ދިރާސާ ކުރުމުގައި ދެ ޔުނިވަރސިޓީގެ ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އެކުގައި ހައްލު ހޯދުމެވެ. އަދި ތަޢުލީމާއި ޞިއްޙީ ޚިދުމަތްތަކާއި، ދެމެހެއްޓެނިވި އުފެއްދުންތެރި ރިސާޗްތަކާއި އެކަޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، މަޢުލޫމާތު ޙިއްޞާކުރުން ވެސް މި އެމްއޯޔޫގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ.

މަހިޑޮލް ޔުނިވާސިޓީއަކީ ތައިލެންޑުގެ އޮޓޮނޮމަސް ޕަބްލިކް ރިސާޗް ޔުނިވާސިޓީއެކެވެ. މި ޔުނިވަރސިޓީ އަކީ 1888 ވަނަ އަހަރު ސިރިރާޖް ހޮސްޕިޓަލުގެ ބައެއްގެ ގޮތުގައި އުފެދުނު ޔުނިވަރސިޓީއެކެވެ. 1943 ވަނަ އަހަރު ޔުނިވަރސިޓީ އޮފް މެޑިކަލް ސައިންސްގެ ނަމުން ނަން ދީފައިވާ މި ޔުނިވަރސިޓީއަކީ ތައިލެންޑުގެ ހަތަރުވަނަ ޕަބްލިކް ޔުނިވަރސިޓީގެ ގޮތުގައި ބަލައިގެންފައިވާ ޔުނިވަރސިޓީއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *