ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމުގެ ފުރުޞަތު

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަދު ހުޅުވާލީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކު މެދުވެރިވެގެން ކުރިއަށްގެންދާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވިސް ޕްރޮޖެކްޓް"ގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާޞިލިކުރުމުގެ 5 ފުރުޞަތަށެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން ހުޅުވާލި ސްކޮލަރޝިޕް ފުރުޞަތުތައް

މާސްޓަރސް ޑިގްރީ: ޕްލާންޓް ޕްރޮޓެކްޝަން/ އެންޓޮމޮލޮޖީ/ ޕްލާންޓް ޕެތޮލޮޖީ (1 ފުރުޞަތު)

ބެޗްލަރސް ޑިގްރީ: އެގްރިކަލްޗަރ ސައިންސް (1 ފުރުޞަތު)

ބެޗްލަރސް ޑިގްރީ: ވެޓެނިރަނީ/ ޒޫލޮޖީ/ އެނިމަލް ސައިންސް (1 ފުރުޞަތު)

ބެޗްލަރސް ޑިގްރީ: އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) (1 ފުރުޞަތު)

ބެޗްލަރސް ޑިގްރީ: ނެޗުރަލް ރިސޯސް މެނޭޖްމަންޓް/ބެޗަލަރ އޮފް އިކޮނޮމިކްސް (1 ފުރުޞަތު)

މި ސްކޮލަރޝިޕްގެ ދަށުން މާސްޓަރސް ޑިގްރީއަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ޝަރުރުތަކުގެ ތެރޭގައި، ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާޞިލުކޮއްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހާޞިލުކޮށްފައިވާ ފަރާތެއްކަމުގައިވާން ޖެހެއެވެ. އަދި ބެޗްލަރސް ޑިގްރީއަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަކީ ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުމުގެ އިތުރުން ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާޞިލުކޮށްފައިވުމެވެ.

މި ސްކޮލަރޝިޕްތަކަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 20 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 12:00 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *