އެމްއެންޔޫގެ ވަން ސްޓޮޕް އެޑްމިޝަން ހަރަކާތް: ނަތީޖާއަށް ބެލުމަށްފަހު، ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދެނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އަންނަ މަހު ފަށާ ކޯސްތަކަށް ވަނުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށް ބާއްވާ " ވަން ސްޓޮޕް އެޑިމިޝަން" ހަރަކާތް މިއަދު މެންދުރު ފަށާނެއެވެ. މި ހަރަކާތް 13:00ން ހަވީރު 18:00އަށް ކުރިއަށް ދާނެއެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކުގައެވެ.

މި ހަރަކާތުގެ ތެރޭގައި ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި، އޭލެވެލް އަދި އެހެނިހެން ނަތީޖާތަކަށް

ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އިވެންޓަށް ދަރިވަރުން އަންނައިރު ނަތީޖާ ކަރުދާހާއި އައިޑީ ކާޑު ގެނައުމުން، ކޯސްތަކުގައި ޖާގަ ހުރި މިންވަރަކުން މި ފުރުސަތު ދޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ އަކުން ތަޢުލީމާއި ތަމްރީން

ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުނެ އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު މި ހަރަކާތުގެ ތެރެއިން ހިއްސާކުރާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރެވެން ހުރި ދާއިރާތަކުގެ ތެރޭގައި، ޓޫރިޒަމް ހޮސްޕިޓާލިޓީއާއި ކަލިނަރީ

އާޓްސްއާއި ޖަރނަލިޒަމްއާއި ޕޮލިޓިކަލް ސައިންސާއި ބިޒްނަސްއާއި އެކައުންޓިންގއާއި އިކޮނޮމިކްސްއާއި ޓީޗިންގެ އިތުރުން ނަރސިންއާއި ސައިކޮލޮޖީއާއި ހެލްތު ސައިންސަސް ހިމެނެއެވެ. އަދި އާކިޓެކްޗަރ ދާއިރާގެ ތެރޭގައި ހިމެނޭ އިންޓީރިއަރ ޑިޒައިންއާއި ސިވިލް އެންޖިނިއިރިންގ ހިމެނެއެވެ. އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ސައިންސާއި

އެންވަޔަރަންމަންޓަލް މެނެޖްމަންޓާއި ހިމެނޭ މެރިން ސައިންސާއި މެރިޓައިމް ސްޓަޑީޒާއި ޝަރީއާ ލޯ އަދި މެޑިސިން ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *