މަޖީދިއްޔާއަށާއި ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، ޕްރިންސިޕަލް އައިސްތު ރިޓަޔަރ ކުރައްވަނީ

މަޖީދިއްޔާގެ ޕްރިންސިޕަލް އައިސްތު ވާހަކަ ދައްކަވަނީ: ޚިދުމަތް ރިޓަޔަރ ކުރައްވާނީ އަންނަ ބުދަދުވަހު- ފޮޓޯ: މަޖީދިއްޔާ ސްކޫލް

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހް( އައިސްތު) ރިޓަޔަރ ކުރައްވަން ނިންމައި، އެކަން އެ ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންނާ ހިއްސާކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގައި 37 އަހަރު ޚިދުމަތް ކުރެއްވާފައިވާ އައިސްތު، ޕްރިންސިޕަލެއްގެ ގޮތުން މަޖީދިއްޔާގައި ނުވަ އަހަރު ޚިދުމަތް ކުރުމަށްފަހު، އެ ސްކޫލުގައި މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަ ދުވަހެވެ.

ޚިދުމަތުން ވަކިވެވަޑައިގަންނަވާތީ، ޕްރިންސިޕަލުގެ ވަދާއީ ޚާއްޞަ އެސަމްބްލީ މާދަމާ ހެނދުނު އެ ސްކޫލުގައި ބާއްވަން ވަނީ ނިންމާފައެވެ. އަދި ޕްރިންސިޕަލުގެ ވަދާއީ އެކި ހަރަކާތްތައް އަންނަ ބުރާސްފަތި ދުވަހުގެ ރެއާ ހަމައަށް ދާނެ ކަމަށް މަޖީދިއްޔާ ސްކޫލުން ބުނެއެވެ.

ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، ޕްރައިމަރީ ޓީޗަރެއްގެ ގޮތުން އައިސްތު ފުރަތަމަ މަސައްކަތް ކުރެވީ ވެސް މަޖީދިއްޔާ ސްކޫލުގައެވެ. ޖަމާލުއްދީން ސްކޫލުގެ ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ބަދަލުކުރެއްވީ އިމާދުއްދީނަށެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް މަޖީދިއްޔާ ސްކޫލަށް ޚިދުމަތް ކުރައްވަން ފެއްޓެވީ އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުންނެވެ.

މަޖީދިއްޔާގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ލިބިވަޑައިގެންނެވި ފުރުޞަތެއްގައި މާސްޓަރސް ފުރިހަމކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއެވެ. ކިޔަވާވިދާޅުވުމަށްފަހު، މަސައްކަތް ކުރައްވަމުން ފެއްޓެވީ ތާޖުއްދީންސްކޫލުގެ ޕްރިންސިޕަލަކަށެވެ. މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *