އދ. އަތޮޅުގެ 9 ސްކޫލަކުން ބައިވެރިގެން ސްޓަޑީ ކޭމްޕެއް ބާއްވައިފި

އދ. އަތޮޅުގެ 9 ސްކޫލަކުން ބައިވެރިވެގެން ސްޓަޑީ ކޭމްޕެއް ކާމިޔާބު ކަމާއެކު ބާއްވައިފިއެވެ. މި ކޭމްޕް ކުރިއަށް ގެންދިޔައީ އދ. އަތޮޅު ސްކޫލުގައި، ޖެނުއަރީ 8ން 11 އަށެވެ.

ގުރޭޑް 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން އޯލެވެލް އިމްތިޙާނަށް ތައްޔާރު ވުމަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި ނުވަ ސްކޫލަކުން 164 ދަރިވަރުން ބައިވެރިވިއެވެ. ކޭމްޕްގައި އަށް ފެސިލިޓޭޓަރުން ބައިވެރިވެފައިވާއިރު، ހަ މާއްދާއަކުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި ސްޓަޑީ ސްކިލްސްއާ ބެހޭ ގޮތުން ވެސް ދަރިވަރުންނަށް މުހިންމު މައުލޫމާތު ތަކެއް މި ކޭމްޕްގައި ފޯރުކޮށްދީފައިވެއެވެ.

ސްޑަޓީ ކޭމްޕްގައި ކުރިއަށް ގެންދިޔައީ ކިޔަވައިދިން މާއްދާތަކުގެ ތެރޭގައި ދިވެއްސާއި އިސްލާމާއި ހިސާބާއި އެކައުންޓިންގެ އިތުރުން ބައޮލޮޖީ ހިމެނެއެވެ.

ކޮންމެ އަހަރަކު ވެސް ބާއްވާ މި ކޭމްޕްގައި މި އަހަރު ބައިވެރިވި ދަރިވަރުން ފާހަގަކުރި ގޮތުގައި އާ ރައްޓެހިންނާއެކު ކިޔެވުން ކުރިއަށް ގެންދިޔައީ ވަރަށް މަޖާ އެކުވެރި މާހައުލެއްގައެވެ. ކުރިން ނޭނގޭ މައުލޫމާތު ލިބި އިމްތިޙާނަށް ތައްޔާރުވުމާއި ކިޔެވުމުގެ ހުނަރު ތަރައްޤީ ކުރަން ލިބުނު ފަހި ފުރުޞަތެއްގެ ގޮތުގައި ދަރިވަރު ކޭމްޕް ސިފަކޮށްފައިވެއެވެ.

މި ކޭމްޕްގައި ބައިވެރިވީ:

އދ. އަތޮޅު މަދަރުސާ

ދަނގެތީ ސްކޫލް

އދ. އޭއީސީ

މަންދޫ ސްކޫލް

ހަންޏާމީދޫ ސްކޫލް

ދިގުރަށް ސްކޫލް

ފެންފުށީ ސްކޫލް

ކުނބުރުދޫ ސްކޫލް

އޮމަދޫ ސްކޫލް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *