އޭލެވެލްގެ ނަތީޖާ ލިބުނު ދަރިވަރުންނަށް ވިލާ ކޮލެޖުގެ ޖެނުވަރީ އިންޓޭކުގައި ޚާއްސަ ފުރުޞަތުތަކެއް

ވިލާ ކޮލެޖުން މި އަހަރުގެ ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަހެޖިފައިވާ ޕްރޮގްރާމްތަކަށް  ވަނުމުގެ ފުރުސަތު  މިއަހަރުގެ އޭލެވެލް ނަތީޖާ ލިބުނު ދަރިވަރުންނަށް ޚާއްސަކޮށްގެން އިތުރުކޮށްފިއެވެ.

މި މަހުގެ 19 ގައި އޮރިއެންޓޭޝަން ފެށުމަށް ހަމަޖެހިފައިވާ މި ޕޮރޮގްރާމްތަކަށް ވިހާވެސް އަވަހަށް އެޕްލައި ކުރުމަށް ވިލާ ކޮލެޖުން އިލްތިމާސް ކުރެއެވެ.

ޖެނުއަރީ މަހު ފެށުމަށް ހަމަޖެފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި ،ޔޫކޭގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ސައިބަރޖާޔާ ޔނުވަރސިޓީ އަދި ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށެވެ.ކޯސްތަކުގެ ދާއިރާތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗަޔަލްޑްހުޑް އެޑިއުކޭޝަން،ޕްރައިމަރީ،އިސްލާމް، ގުރްޢާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، މާރކެޓިންގ،އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ، ހިއުމަން ރިސޯސް، އިންޖިނިއަރިންގް (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް، ސިވިލް އިންޖިނައރިންގ) ރިސާރޗް، ނަރސިންގ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން ، ސައިކޮލޮޖީ، ކައުންސެލިން، ޑާޓާ ސައިންސް، އަދި ކަލިނަރީ އާރޓްސްގެ ދާއިރާ ތަކުން ތަފާތު ކޯސްތައް ހިމެނެއެވެ. އަދި މީގެ އިތުރުން ޗާރޓަޑް އެކައުންޓިންގެ ކޮލިފިކޭޝަންއެއް ކަމަށްވާ، އެސޯސިއޭޝަން އޮފް ސަރޓިފައިޑް ޗާރޓަޑް އެކައުންޓެންޓްސް ( އޭ.ސީ.ސީ.އޭ) ގެ ކޯސްތައް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޑިގްރީ ޕްރޮގްރާމްތަކަށް އޭލެވެލް ގެ 2 ފާސް އާއި އެކު  (އެސްއެސްސީ ފާސް ވެސް އޭލެވެލް ފާސްގެގޮތުގައި ބެލެވޭ) ވަދެވޭގޮތަށް ހަމަޖެހިފައިވާ އިރު މި އަދަދަށް ފާސް ހަމަނުވާ ދަރިވަރުންނަށް ވިލާ ކޮލެޖުގެ ފައުންޑޭޝަން ކޯހެއް ފުރިހަމަކުރުމަށްފަހު ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެ ކޮޖެން ހާމަކުރެއެވެ. ފައުންޑޭޝަން ޕްރޮގްރާމްތަކުގައި އޯ ލެވެލްގެ 3 މާއްދާއިން ފާސް ހޯދާފައިވާ ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ.

ކޯސްތަކާއި ބެހޭ އިތުރު ތަފްސީލް ވިލާ ކޮލެޖުގެ ވެބްސައިޓުން އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އަދުގެ ނަތީޖާއާއި އެކު ކުރިމަގު ޚިޔާރުކުރުމަށް އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ވިލާ ކޮލެޖަށް ވަޑައިގަތުމުން ނުވަތަ ގުޅުއްވުމުން އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވިލާ ކޮލެޖުން ވިދާޅުވިއެވެ. ވިލާ ކޮލުޖު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9.00 އިން ރޭގަނޑު 10.00 އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *