ފަސް ސްކުލަކަށް ޕްރިންސިޕަލުން ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ. ޕްރިންސިޕަލުން ހޯދަން އެ މިނިސްޓްރީން އިއުލާން ކުރީ:
- ގއ. އަތޮޅު މަދަރުސާ
- ހއ. ވަށަފަރު މަދަރުސާ
- ލ. ކުނަހަންދޫ ސްކޫލް
- ގއ. ގެމަނަފުށީ ސްކޫލް
- ބ. ކަމަދޫ ސްކޫލލް
މި ފަސް ސްކޫލުގެ ތެރެއިން ގއ. އަތޮޅު މަދަރުސާއަށް ޕްރިންސިޕަލެއް ހޯދަން އިއުލާން ކުރީ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ. އިއުލާނުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ. ހަތަރު ސްކޫލަށް ޕްރިންސިޕަލުން ހޯދަން އިއުލާން ކުރީ މިއަދުއެވެ. މި އިއުލާނުގެ މުއްދަތު ހަމަވާނީ 21 ޖަނަވަރީއަށެވެ.
ރޭންކް 1 ގެ ޕްރިންސިޕަލެއްގެ މުސާރައަކީ މަހަކު 16،647 ރުފިޔާއެވެ. އެލަވަންސަކީ މަހަކު 9،534 ރުފިޔާއެވެ. އަދި ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ އެލަވަންސްގެ ގޮތުގައި 258 ރުފިޔާ ލިބެއެވެ. ރޭންކް 2 ގެ ޕްރިންސިޕަލުންނަށް މަހު މުސާރައެއްގެ ގޮތުގައި 17،985 ރުފިޔާ ލިބޭއިރު، އެލަވަންސްގެ ގޮތުގައި 10،300 ރުފިޔާއާއި ހާޒިރީ އެލަވަންސްގެ ގޮތުގައި 279 ރުފިޔާ ލިބެއެވެ.


advertisment
ހިޔާލު