ކޯސްތަކުގެ މައުލޫމާތު ދޭން، އެމްއެންޔޫއިން ވަން ސްޓޮޕް އެޑްމިޝަންގެ ނަމުގައި ބޮޑު ހަރަކާތެއް

އަންނަ މަހު ފަށާ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ވަން ސްޓޮޕް އެޑްމިޝަންގެ ނަމުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ އަންނަ އާންގާރަ ދުވަހުގެ މެންދުރު 1ން ހަވީރު 4އަށް އެ ޔުނިވަރސިޓީގެ ކެމްޕަސްތަކާއި ސްކޫލްތަކާއި އަދި ސެންޓަރުތަކުގައެވެ.

އެމްއެންޔޫއިން ބުނީ، މި ހަރަކާތުގެ ތެރެއިން، ކޯސްތަކާ ބެހޭ މައުލުމާތު ދިނުމުގެ އިތުރުން ކެރިއަރ ގައިޑެންސްއާއި ފެކަލްޓީތަކުގެ ޓުއަރއެއް ހިމެނޭ ކަމަށެވެ. އަދި ކޯސްތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް، ކޯސްތަކަށް ވަނުމަށް ފޯމް ވަގުތުން ފުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

އެމްއެންޔޫގެ ކޯސްތަކަށް ވަނުމުގެ ފުރުޞަތު ހަމަވާނީ މި މަހުގެ 23 ވަނަ ދުވަހަށެވެ.

އެމްއެންޔޫއިން ބުނީ، ފެބްރުއަރީގައި 150 އަށްވުރެ ގިނަ ކޯސް ފަށަން ނިންމާފައިވާ ކަމަށެވެ.

އެމްއެންޔޫއިން ހުޅުވާލި ކޯސްތަކުގެ ދާއިރާތައް:

  • ކޮމްޕިއުޓަރ ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ
  • ނަރސިންގ އެންޑް މެޑިސިން
  • ހެލްތް ކެއަރ އެންޑް ސައިންސަސް
  • އެޑިޔުކޭޝަން އެންޑް ޓްރެއިނިން
  • އާކިޓެކްޗަރ، ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ
  • ނެޗުރަލް އެންޑް އެންވަޔަރަންމަންޓަލް ސައިންސް
  • ބިޒްނަސް، މެނޭޖްމަންޓް އެންޑް މާކެޓިން
  • އެކައުންޓިންގ އެންޑް ފައިނޭންސް
  • ޝަރީއާ، ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
  • ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް
  • އާޓްސް އެންޑް ލެންގުއޭޖްސް
  • މެރިޓައިމް ސްޓަޑީޒް
  • އިންޓަނޭޝަނަލް ރިލޭޝަންސް، ޖާނަލިޒަމް އެންޑް ޕޮލިޓިކްސް
  • ފައުންޑޭޝަން
  • ދަނޑުވެރިކަން
  • ފިޝަރީޒް އެންޑް މެރިން ސައިންސް

އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި، ކޯސްތަކުގެ މައުލޫމާތު އެމްއެންޔޫގެ ވެބްސައިޓު ން ބަލާލެވޭނެއެވެ. އަދި ޖާގަ ހުރި ކޯސްތަކުގެ ލިސްޓަށް ބަދަލު އަންނަ މިންވަރަކުން އެ ވެބްސައިޓުގައި ހާމަކުރާނެއެވެ.

ކޯސްތަކަށް އެޕްލައި ކުރެވޭނީ ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށެވެ. އޭގެއިތުރުން، ކޯސްތަކާ ގުޅުން ހުރި އިތުރު މައުލޫމާތު އެމްއެންޔޫގެ މެއިލްއަށް މެއިލް ކޮށްގެންނާއި 1445 އަށް ގުޅައިގެން ލިބޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *