މުލަކު ސްކޫލުގެ ބެސްޓްއޯލްރައުންޑްގެ މަޤާމް ޝިޔާއަށް

ފާއިތުވި 2023-2022 ވަނަ އަހަރު މ. މުލަކު ސްކޫލުން، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އާއިޝަތު ޝިޔާ ހުސައިން ހޯދައިފިއެވެ. ޝިޔާ ވަނީ ފާއިތުވި އަހަރު ބޭއްވި ސާނަވީ އިމްތިޙާނުން 4 އޭއާއި 4 އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ފަސް ވަނަ ހޯދާފައެވެ. ޝިޔާއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ.

މުލަކު ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުﷲ ނަޒީރެވެ.

ފާއިތުވި އަހަރު މުލަކު ސްކޫލުން 335 ދަރިވަރުން ކިޔެވިއިރު 32 ދަރިވަރަކު އެސްއެސްސީ އިމްތިހާން، 26 ދަރިވަރަކު އޯލެވެލް އިމްތިޙާނުގައި ބައިވެރިވެފައެވެ. ސާނަވީ އިމްތިޙާނުގައި ފަސް މާއްދާއިން މަތިން 27 ދަރިވަރަކު ފާސްވިއެވެ. އެ ސްކޫލުން އެއް ވަނަ އަށް ދިޔަ ޝިޔާގެ އިތުރުން ސާނަވީގެ ގަދަ ދިހައެއްގެ ދިހަ ވަނައިގައި އެ ސްކޫލުގެ ޔުމްނު ބިންތި ޔޫސުފު ހިމެނިފައިވެއެވެ. އޭނާއަކީ ފާއިތުވި އަހަރު މުލަކު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.

ފާއިތުވި އަހަރު އެންމެ ރަނގަޅު ގައިޑަކަށް ހޮވުނީ، މަރިޔަމް މަލަކާ އަޙްމަދު މުބާރިކްއެވެ. އެންމެ ރަނގަޅު ސްކައުޓަކީ ރައްޔާން މުޙައްމަދު ލަތީފެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *