މަޖީދިއްޔާގެ އެންމެ މޮޅު ދަރިވަރުން: ގޯލްޑް ސްޓަރ ރައުޙުލްއަށް، ސިލްވަރ ސްޓަރ ޔޫޙްއަށް ބްރޯންޒް ސްޓަރ އަފްލާކަށް

ފާއިތުވި 2023-2022 ވަނަ އަހަރު، މަޖީދިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރުން ރޭ ހޮވައިފިއެވެ. އެ ސްކޫލުގެ ބެސްޓް އޯލްރައުންޑް ސްޓޫޑެންޓްގެ ގޮތުގައި ދޭ ގޯލްޑް ސްޓަރ ހޯދީ ރައުޙުލް ގުއްދޫސް ބިން އިސްމާޢީލެވެ. ސިލްވަރ ސްޓަރ ހޯދީ ޔޫސުފު ޔޫޙް ޔާސިރެވެ. ބްރޯންޒް ސްޓަރ ހޯދީ އަފްލާކް މުޙައްމަދު އާސިމެވެ.

ގޯލްޑް ސްޓަރ ހޯދި ރައުޙުލް އަކީ ފާއިތުވި އަހަރު މަޖީދިއްޔާގެ  ކެޕްޓަނެވެ. ސާނަވީ އިމްތިޙާނުގައި ހަތް އޭ ސްޓަރއާއި އެއް އޭ ހޯދައިގެން އެނާ ވާނީ ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ.

ސިލްވަރ ސްޓަރ ހޯދީ ޔޫޙް ވަނީ ހަ މާއްދާއިން އޭ ސްޓަރ އަދި ދެ މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ.

ބްރޯންޒް ސްޓަރ ހޯދި އަފްލާކް ވަނީ ދެ އޭ ސްޓަރއާއި ހަ އޭ ހޯދައިގެން ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދާފައެވެ.

ފާއިތުވި ދިރާސީ އަހަރު މަޖީދިއްޔާ ސްކޫލުގައި 1450 ދަރިވަރުން ކިޔަވަމުން ގެންދިޔައެވެ. 116 ދަރުވަރުން ސާނަވީ ނިންމާ އިމްތިޙާނުގައި ބައިވެރިވެއެވެ. އޭގެ ތެރެއިން ފަސް މާއްދާއިން 73 އިންސައްތަ ދަރިވަރުން ފާސްވިއެވެ. އަދި ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި 20 ދަރިވަރުން ހިމެނުނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *