އަދަބީ މުބާރާތްތަކުން މި ފަހަރު ވެސް ވިދާލީ، ޖަމާލުއްދީނާއި އެ ސްކޫލުގެ ދަރިވަރުން

އަދަބީ މުބާރާތްތަކުން ވަނަތައް ހޯދި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުން ވަޒީރު އާދަމް ނަސީރާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފާއެކު: ޖަމާލުއްދިނުން އަންނަނީ އަދަބީ މިފަދަ މުބާރާތްތަކުން ކުރި ހޯދަމުން-ފޮޓޯ: ސަން އޮންލައިން

ދިވެހި ބަހުގެ އެކެޑަމީން މި އަހަރު ބޭއްވި އަދަބީ މުބާރާތްތަކުން އެންމެ މޮޅު ސްކޫލުގެ މަޤާމް ޖަމާލުއްދީން ސްކޫލުން ހޯދައިފިއެވެ. ޖަމާލުއްދީނުން ވަނީ އަދަބީ ހަތަރު މުބާރާތުގެ ދެ ގިންތިން ހަތް ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ފަޚުރުވެރި އެއްވަނަ ހޯދައިގެން ލިބުނު ހަ ތަށި ހިމެނެއެވެ. ދެން ހިމެނެނީ އެއް މުބާރާތެއްގެ ގިންތިއަކުން ތިން ވަނަ ހޯދައިގެން ލިބުނު އެއް ތައްޓެވެ. އަދަބީ މުބާރާތްތަކުްނ އެއް ވަަނަ ހޯދި ދަރިވަރުންގެ ތެރޭގައި ވެސް އެ ސްކޫލުގެ ހަތަރު ދަރިވަރަކު ހިމެނުނެވެ.

ޖަމާލުއްދީނުން ހޯދި ވަނަތައް:

  • މަޒުމޫނު ލިޔުމުގެ މުބާރާތުގެ ދަށު ސާނަވީއާއި ސާނަވީ ގިންތިން އެއްވަނަ
  • ކުރުވާހަކަ ލިޔުމުގެ މުބާރާތުން ސާނަވީ ގިންތި އެއްވަނަ
  • ޅެން ހެދުމުގެ މުބާރާތުން ސާނަވީ ގިންތި އެއްވަނަ
  • ވާހަކަ ދެއްކުމުގެ މުބާރާތުން ދަށު ސާނަވީއާއި ސާނަވީ ގިންތިން އެއްވަނަ
  • ކުރުވާހަކަ ލިޔުމުގެ މުބާރާތުން ދަށު ސާނަވީން ތިން ވަނަ
ޖަމާލުއްދީނުގެ ސާރާއަށް އިނާމް ހަވާލުކޮށް ދެއްވަނީ: އެނާ ވަނީ މަޒުމޫނު ލިޔުމާއި ވާހަކަ ދެއްކުމުގެ މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރާތުގެ ސާނަވި ގިންތިން އެއްވަނަ ހޯދާފައި- ފޮޓޯ: ސަން އޮންލައިން

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ ދަށު ސާނަވީ ގިންތީގެ ތަށި ޖައްސަޖައްސައިގެން ފަސް ފަހަރު ޖަމާލުއްދީން ސްކޫލުން ވަނީ ހޯދާފައެވެ.

މުބާރާތްތަކުން ވަނަ ހޯދި ޖަމާލުއްދީނުގެ ދަރިވަރުން:

  • މަޒުމޫނު ލިޔުމުގެ މުބާރާތް، ދަށު ސާނަވީ އެއްވަނަ: އާމިނަތު އައިޝްކާ ބިންތް ހަނީފު
  • މަޒުމޫނު ލިޔުމުގެ މުބާރާތް، ސާނަވީ އެއްވަނަ: ފާތިމަތު ސާރާ ނަޛީރު
  • ޅެންހެދުމުގެ މުބާރާތުގެ ސާނަވީ ގިންތިން އެއްވަނަ: ހައްވާ ޒާއިން ޒަމީލު
  • ވާހަކަ ދެއްކުމުގެ މުބާރާތުން ސާނަވީ ގިންތިން އެއްވަނަ: ފާތިމަތު  ސާރާ ނަޛީރު
  • މަޒުމޫނު ލިޔުމުގެ މުބާރާތުން ސާނަވި ގިންތިން ތިންވަނަ: ހައްވާ ޒާއިން ޒަމީން
  • ވާހަކަ ދެއްކުމުގެ މުބާރާތުން ދަށު ސާނަވީން ތިން ވަނަ: ސާރާ ބިންތް ސަބާޙް
  • މަޒުމޫނު ލިޔުމުގެ މުބާރާތުން ދަށު ސާނަވީން ދެވަނަ: އިޒާން އަލީ

މުބާރާތުގެ ސްކޫލްތަކުގެ ވަނަތައް:

މަޒުމޫނު ލިޔުމުގެ މުބާރާތް:
  • ދަށު ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: ޖަމާލުއްދީން ސްކޫލް
  • ދަށު ސާނަވީ ގިންތިން  ދެ ވަނަ ސްކޫލް: ޝެއިޙް އިބްރާޙިމް ސްކޫލް
  • ދަށު ސާނަވީ ގިންތި ތިން ވަނަ ސްކޫލް: އިހަވަންދޫ ސްކޫލް
  • ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: ޖަމާލުއްދީން ސްކޫލް
  • ސާނަވީ ސާނަވީ ގިންތިން ދެ ވަނަ ސްކޫލް: ކަލާފާނު ސްކޫލް
  • ސާނަވީ ސާނަވީ ގިންތިން ތިން ވަނަ ސްކޫލް: އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
  • މަތީ ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: އަރަބިއްޔާ ސްކޫލް
  • މަތީ ދަށު ސާނަވީ ގިންތިން ދެ ވަނަ ސްކޫލް: އަޙްމަދިއްޔާ ސްކޫލް
  • މަތީ ދަށު ސާނަވީ ގިންތިން ތިން ވަނަ ސްކޫލް: ވިލާ ހައި ސްކޫލް
ކުރުވާހަކަ ލިޔުމުގެ މުބާރާތް:
  • ދަށު ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: ހއ. އަތޮޅު މަދަރުސާ
  • ދަށު ސާނަވީ ގިންތިން  ދެ ވަނަ ސްކޫލް: އިހަވަންދޫ ސްކޫލް
  • ދަށު ސާނަވީ ގިންތި ތިން ވަނަ ސްކޫލް: ޖަމާލުއްދީން ސްކޫލް
  • ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: ޖަމާލުއްދީން ސްކޫލް
  • ސާނަވީ ސާނަވީ ގިންތިން ދެ ވަނަ ސްކޫލް: ދިއްގަރު ސްކޫލް
  • ސާނަވީ ސާނަވީ ގިންތިން ތިން ވަނަ ސްކޫލް: އިހަވަންދޫ ސްކޫލް
  • މަތީ ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: އަޙްމަދިއްޔާ ސްކޫލް
  • މަތީ ދަށު ސާނަވީ ގިންތިން ދެ ވަނަ ސްކޫލް: ވިލުފުށީ ސްކޫލް
  • މަތީ ދަށު ސާނަވީ ގިންތިން ތިން ވަނަ ސްކޫލް: ސީއެޗްއެސްއީ
ޅެން ހެދުމުގެ މުބާރާތް:
  • ދަށު ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: ހއ. އަތޮޅު މަދަރުސާ
  • ދަށު ސާނަވީ ގިންތިން  ދެ ވަނަ ސްކޫލް: ނެއްލައިދޫ ސްކޫލް
  • ދަށު ސާނަވީ ގިންތި ތިން ވަނަ ސްކޫލް: މަޑުއްވަރީ ސްކޫލް
  • ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: ޖަމާލުއްދީން ސްކޫލް
  • ސާނަވީ ސާނަވީ ގިންތިން ދެ ވަނަ ސްކޫލް: ވިލުފުށީ ސްކޫލް
  • ސާނަވީ ސާނަވީ ގިންތިން ތިން ވަނަ ސްކޫލް: ހިރިޔާ ސްކޫލް
  • މަތީ ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: ސީއެޗްއެސްއީ
  • މަތީ ދަށު ސާނަވީ ގިންތިން ދެ ވަނަ ސްކޫލް: ޖަލާލުއްދީން ސްކޫލް
  • މަތީ ދަށު ސާނަވީ ގިންތިން ތިން ވަނަ ސްކޫލް: އިހަވަންދޫ ސްކޫލް
ވާހަކަ ދެއްކުމުގެ މުބާރާތް:
  • ދަށު ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: ޖަމާލުއްދީން ސްކޫލް
  • ދަށު ސާނަވީ ގިންތިން  ދެ ވަނަ ސްކޫލް: މަޖީދިއްޔާ ސްކޫލް
  • ދަށު ސާނަވީ ގިންތި ތިން ވަނަ ސްކޫލް: ތާޖުއްދީން ސްކޫލް
  • ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: ޖަމާލުއްދީން ސްކޫލް
  • ސާނަވީ ސާނަވީ ގިންތިން ދެ ވަނަ ސްކޫލް: ތާޖުއްދީން ސްކޫލް
  • ސާނަވީ ސާނަވީ ގިންތިން ތިން ވަނަ ސްކޫލް: އިސްކަންދަރު ސްކޫލް
  • މަތީ ސާނަވީ ގިންތިން އެއް ވަނަ ސްކޫލް: ސީއެޗްއެސްއީ
  • މަތީ ދަށު ސާނަވީ ގިންތިން ދެ ވަނަ ސްކޫލް: އަޙްމަދިއްޔާ
  • މަތީ ދަށު ސާނަވީ ގިންތިން ތިން ވަނަ ސްކޫލް: ވިލާ ހައި ސްކޫލް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *