ތާޖުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުން ރޭ ހޮވައިފިއެވެ. އެ ސްކޫލުގައި ރޭ ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި އެންމެ މޮޅު ދަރިވަރުންނަށް އިނާމް ދެއްވީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންއެވެ.
ފާއިތިވި 2023-2022 ވަނަ އަހަރު ތާޖުއްދީން ސްކޫލުގެ ބެސްޓް އޯލް ރައުންޑް ދަރިވަރަކީ ލީން އަޙްމަދު ތޯރިޤެވެ. ދެވަނަ ހޯދީ އިބްރާހިމް ބާޞިލް މުހައްމަދެވެ. ތިން ވަނަ މަރިޔަމް އަލީޝާ ހުސައިން ޝަހީދެވެ.
އެއްވަނަ އަށް ދިޔަ ލީން ވަނީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދާފައެވެ. އޭނާ އަކީ ފާއިތުވި ދިރާސީ އަހަރު ތާޖުއްދީން ސްކޫލުގެ ކެޕްޓަނެވެ.
ދެވަނަ އަށް ދިޔަ ބާޞިލް ވަނީ ޤައުމީ ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ.
ތިންވަނަ އަށް ދިޔައީ މަރިޔަމް އަލީޝާ ހުސައިން ޝަހީދެވެ. އަލީޝާ ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. ޓްރެވަލް އެންޑް ޓޫރިޒަމުން މުޅި ދުނިޔެއިން ތިން ވަނަ އަދި އިކޮނޮމިކްސް އިން މުޅި ރާއްޖެއިން އެއް ވަނަ އަލީޝާ ހޯދާފައިވެއެވެ.
ފާއިތުވި އަހަރުގެ ސާނަވީ އިމްތިޙާނުގައި ތާޖުއްދީން ސްކޫލުން ބައިވެރިވި 71 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވި ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ. އަދި ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި 23 ދަރިވަރުން ހިމެނިފައިވެއެވެ. ނިމިދިޔަ ދިރާސީ އަހަރު އެ ސްކޫލުގެ އާބާދީއަކީ 1546 ދަރިވަރުންނެވެ.
advertisment
ހިޔާލު