2023 ވަނަ އަހަރުގެ އެސްއެސްސީ އިމްތިޙާނުގެ އެގްޒެމިނަރސް ރިޕޯޓް ނެރެފި

ހަ އަހަރަށްފަހު، އެސްއެސްސީ އިމްތިޙާނުގެ ދިވެއްސާއި އިސްލާމްގެ އެގްޒެމިނަރސް ރިޕޯޓް ނެރެން ފަށައިފިއެވެ. ޑިޕާޓްމަންޓް އޮގް ޕަބްލިކް އެގްޒެމިނޭޝަންސް އިން ވަނީ ފާއިތުވި އަހަރު ބޭއްވި އެސްއެސްސީ އިމްތިޙާނުގެ ދިވެއްސާއި އިސްލާމްގެ އެގްޒޭމިނަރސް ރިޕޯޓް މިއަދު ނެރެފައެވެ. އެސްއެސްސީ އިމްތިޙާނުގެ އެގްޒަމިނަރސް ރިޕޯޓް އެންމެ ފަހުން ނެރެފައި ވަނީ 2016 ވަނަ އަހަރުއެވެ.

އެގްޒޭމިނަރސް ރިޕޯޓް އެކުލަވާލަނީ އެސްއެސްސީ ދިވެހި އަދި އިސްލާމް މާއްދާގެ އިމްތިޙާނު ހެދި ދަރިވަރުން ދީފައިވާ  ޖަވާބުތަކުގެ މައްޗަށް ބިނާކޮށެވެ.

ދެ މާއްދާއަށް ވަކިވަކިން ނެރެފައިވާ ރިޕޯޓްގައި ސަމާލުކަންދޭންވީ މުޙިންމު ނުކުތާތަކާއި އާންމު އިރުޝާދުގެ ގޮތުގައި ގިނަ ކަންތައްތަކެއް ކުރަން ފާހަގަކޮށްފައިވެއެވެ.

ދިވެހި އިމްތިޙާނުގައި ސަމާލުކަންދޭންވީ މުހިންމު ނުކުތާތައް:

* ސުވާލު ކަރުދާހުގައި ދީފައިވާ މައުޟޫޢު ރަނގަޅަށް ކިޔައި ދޭހަ ކުރުމަށްފަހު މައުޟޫޢު ދިރާސާކޮށ،ް ލިޔުމުގެ އޮނިގަނޑު ރާވައިގެން މަސައްކަތް ކުރުން.

  • ފެށުމަށް ވާހަކަ ލިޔާ ދަރިވަރުން ފެށުމުގައި ދީފައި އޮތް ޖުމުލަ ލިޔުމަށްފަހު އެ ޖުމުލަ ހިމަނައިގެން ވާހަކަ ކުރިއަށް ގެންދިއުން.
  • ވާހަކަ ބިނާ ކުރުމުގައި ފެށުމަށް ދީފައިވާ ޖުމުލައިގައި ހުންނަ ހިންޓްތަކަށް ސަމާލުކަން ދިނުނ.ް
  • އިރުޝާދުދޭ ލިޔުމާއި، ހަގީގީ ރިކައުންޓް ލިޔުމުގައި ވެސް ސުވާލު ރަނގަޅަށް ކިޔައި ސުވާލުގެ މަޤުޞަދު ދެނެގަތުމަށްފަހ،ު މަސައްކަތް ކުރުން.
  • ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވޭނީ އަދި ދޭހައިގެ މިންވަރު އިތުރު ކުރެވޭނީ ގިނަގިނައިން ފޮތް ކިޔައިގެންނެވެ. އެހެންކަމުން މޮޅެތި ލިޔުންތެރިންގެ ލިޔުންތައް ގިނަގިނައިން ކިޔުމަށާއި އެ ލިޔުންތަކުން ފާހަގަ ކުރެވޭ ރީތި ޖުމުލަތައް ނަގައިގެން އެ ގޮތަށް ޢިބާރާތް ކުރެވޭތޯ މަސައްކަތް ކުރުން.
  • އާންމު އިރުޝާދުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:
  • އިމްތިޙާން ހެދުމުގައި ވަގުތު މެނޭޖު ކުރާން ދަސްކޮށްދިނުމާއި ކޮންމެ ސުވާލަކަށް ވެސް އެކަށީގެންވާ ވަގުތު ދިނުމަށް ބާރުއެޅުމަށާއި، ސުވާލު ރަނގަޅަށް ކިޔައި ، ދޭހަކޮށްގެން ޖަވާބު ދިނުން.
  • ލިޔުމުގެ ފޯމެޓާއި ސްޓައިލް މުޅި ލިޔުމުގައި ރަނގަޅަށް ބޭނުން ކުރުމަށް ސަމާލުކަން ދިނުން.
  • ލިޔުމުގައި ސާބިތު ހެކި ގެނެސްދިނުމާއި، ހަދަހަދައިގެން ދޮގު މަޢުލޫމާތު ނުލިޔުން.
  • ވާހަކައިގެ ހާލަތައް ލިޔާ ދަރިވަރުން ވާހަކައިގެ ފެށުމާއި ހާލަތު މަސްހުނިކޮށްގެން ނުލިޔުން.
  • ލިޔުންތައް ލިޔުމުގައި ރީތިކޮށް ޢިބާރަތް ކުރުމަށާއި ބަހުގެ ޤަވާޢިދާއި އިމުލާ ކުށާއި، ލިޔުމުގައި ބޭނުންކުރާ ނިޝާންތަކާއި ތިކިޖެހި ތާނަ އާއި ގުޅުވައިދޭ އަކުރުތައް ރަނގަޅަށް ބޭނުން ކުރުމާއި ލަފުޒުވަކިކޮށްގެން ލިޔުމަށް ސަމާލުކަން ދިނުން.
  • އަކުރުތަކާއި ފިލިތައް ރީތިކޮށް ލިޔުމަށާއި ލިޔެވިފައި ވަނީ ހަމަ ހަގީގަތުގައި ވެސް ބުނާން ބޭނުންވި ވާހަކަކަން ކަށަވަރު ކުރުން.
  • ހަވާސާއިން ބޭރުގައި ނުލިޔުމަށާއި، ޖަވާބު ކަރުދާހުގައި މަސައްކަތް ކުރާއިރު ނުބައިކޮށް ލިޔެވޭ ތަންތަން އެއް ރޮނގުން ކަނޑައި ލުން.
  • ލިޔުމަށް ދީފައިވާ މިންވަރަށްވުރެ ކުރުކޮށް އަދި ދިގުކޮށް ނުލިޔުން.

އިސްލާމް އިމްތިޙާނަށް ސަމާލުކަންދޭންވީ މުހިންމު ނުކުތާތައް:

  • ވަގުތުގެ ބޭނުން ކުރަން ދަސްކޮށްދިނުމާއި، ކޮންމެ ސުވާލަކަށް ވެސް އެކަށީގެންވާ ވަގުތު ދިނުމަށް ބާރުއެޅުން.
  • ކޮންމެ ސުވާލަކަށް ޖަވާބު ދިނުމުގެ ކުރިން ވަރަށް ފަރުވާތެރިކަމާއެކު ސުވާލު ކިޔުމަށް ދަރިވަރުންނަށް ބާރުއެޅުން.
  • ސުވާލުގެ ޖަވާބު ލިޔަން ފެށުމުގެ ކުރިންސުވާލު އައިސްފައިވާ ސުރުޚީ ދެނެގަތުމަށް ދަރިވަރުންނަށް ބާރުއެޅުން.
  • ސުވާލުގައި ބުނާ އެއްޗެއް ރަނގަޅަށް ފަހުމު ކުރުމަށްފަހު، ޖަވާބު ދިނުމަށް ދަރިވަރުންނަށް ބާރުއެޅުން.
  • ސުވާލަށް ޖަވާބު ލިޔަން އޮންނަ އަދަދަށް ޖަވާބު ލިޔުމަށް ބާރުއެޅުން.
  • ސުވާލަށް ޖަވާބު ދޭން ފެށުމުގެ ކުރިން ޖަވާބު ދޭ ސުވާލުގެ ފެންވަރު ދެނެގަތުމަށް ދަރިވަރުންނަށް ބާރު އެޅުން.
  • ސުވާލެއްގައި ގިނަ ބައިތަކަކަށް ޖަވާބު ދޭން އަހައިފައިވާނަމަ، އެ އަދަދަށް ވަކި ޕޮއިންޓްތަކެއްގެ ގޮތުގައި ޖަވާބުތައް ލިޔުމަށް ބާރުއެޅުން.
  • ޖަވާބު ލިޔުމުގައި އަކުރު ވަކިކޮށް، ސާފުކޮށް ކިޔަން އެނގޭނޭހެން ލިޔުމަށް ބާރުއެޅުން.
  • ލިޔުނު ޖަވާބެއް ކަނޑާލަން ޖެހިއްޖެ ހިނދެއްގައި އެއް ރޮނގުން ކަނޑާލުމަށް ބާރުއެޅުން.
  • ދިވެހި ބަހުގެ ފެންވަރު މަތިކުރަން ދަރިވަރުންނަށް ބާރުއެޅުން.

އިސްލާމް އިމްތިޙާނާ ގުޅޭ ގޮތުން އެގްޒެމިނަރސްގެ ރިޕޯޓްގައި ބުނެފައި ވަނީ، މައުލޫމާތުގެ ފެންވަރުގެ ސުވާލުތަކަށް ރަނގަޅަށް ތައްޔާރު ވެވިފައި ނުވާކަމަށެވެ. އެކަށީގެންވާ މިންވަރަށް ފިލާވަޅު ދަސްކުރެވިފައި ނުވުމަކީ މިކަހަލަ ސުވާލުތަކަށް ޖަވާބު ދިނުމުގައި އުނދަގޫވެދާނެ ސަބަބެއް ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

" ދަރިވަރުންނަކީ ފޮތްތެރި ބަޔަކަށް ހެދުމަށް ބާރުއަޅަންޖެހެއެވެ. ދީނީ މައުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަންޖެހެއެވެ"

ދޭހައިގެ ސުވާލުތަކަށް ޖަވާބުގައި ދިނުމުގައި ދަރިވަރުންނަށް އުނދަގޫވުމާއި އާޔަތްތަކުގެ މުރާދީ މާނަ ލިޔަން އުނދަގޫކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

" ދޭހައިގެ ސުވާލުތަކަށް ޖަވާބު ދިނުމަށް އުނދަގޫވާ ސަބަބެއްކަމަށް ލަފާކުރެވެނީ، ދަރިވަރުން އިމްތިޙާނަށް ތައްޔާރު ކުރުމުގައި ދޭހައިގެ ސުވާލުތަކަށް ސަމާލުކަން ދެވިފައި ނުވާތީ ކަމަށް ފާހަގަކޮށްފައިވެއެވެ. ފިލާވަޅުގައިވާ މައުލޫމާތުތައް ވީހާވެސް ތަފްޞީލު ކޮށް ދަރިވަރުންނަށް އޮޅުންފިލުވައި ދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް މުދައްރިސުން ސަމާލުކަން ދޭންޖެހޭ ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *