ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީކުރަން މަގުފަހިވާގޮތަށް އަންނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްކޫލުތަކުގެ ކްލާސްރޫމުތައް އޭސީ ކުރުމަކީ ކިޔަވާކުދިންނާ ޓީޗަރުންނާ އަދި ސްކޫލުތަކުން ވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމަށެވެ.
އިއާދަކުރަނުވި ހަކަތައިގެ މަޝްރޫއު ސްކޫލްތަކުގައި ހިންގުމާ ގުޅޭ ތަފްޞީލެއް އެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ނުދެއްވައެވެ.
ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓަށް ކުރާ ހޭދަ މިހާރުވެސް ބައެއް ސްކޫލްތަކުން އަންނަނީ ކުޑަ ކުރަމުންނެވެ.
ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް އެ ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ ކުރަމުންނެވެ. މިހާރު އޮންނަ ގޮތުން ކުލާސްރޫމްތައް އޭސީ ކުރާނަމަ އެޑިޔުކޭޝަން މިނިސްޓްރީން ހުއްދަ ހޯދަން ޖެހެއެވެ.
advertisment
ހިޔާލު