ސީއެޗްއެސްއީގެ ދިވެހި ދުވަހުގެ ހަރަކާތްތަކުން އެއް ވަނަ ޔާގޫތު ހައުސްއަށް

ސީއެޗްސީގެ ދިވެހި ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުން އެއްވަނަ ހައުސްއަކަށް ޔާގޫތު ހައުސް ހޯދައިފިއެވެ. ދެވަނަ އަސްރަފީން ހޯދިއިރު، ތިން ވަނަ ހޯދީ ފީރޯޒް ހައުސްއިންނެވެ. ދިވެހި ދުވަހު، މި އަހަރު ކުރިއަށް ގެންދިޔައީ ފަސް މުބާރާތެކެވެ. އެއީ: ފާރުނޫސް ލިޔުމާއި، ކުއްލި މައުޟޫއަށް ވާހަކަ ދެއްކުމާއި، ދިވެހި ތާރީޚްގައި ހިނގާފައި މުހިއްމު ޙާދިޘާތަކާގުޅޭ ގޮތުން ކުދީންގެ މެދުގައި  ކުރެވުނު ސުވާލުތަކަށް ޖަވާބުދޭ ގޮތަށް ކުރިއަށް ގެންދިޔަ ތާރީޚް މަޙަލްދީބާއި ލަވައަކުން އަޑު އަހައިގެން ވީޑިއޯ ބަލައިގެން ޖަވާބު ދިނުމަށް ކުރިއަށް ގެންދެވުނު އެ ހަނދާނުގައި ސީއެޗްއެސްއީއާއި ފެންނަ މަންޒަރުތަކަށް އަޑުއަޅާ ގޮތަށް ކުރިއަށް ގެންދިޔަ ސަޅިބައިސާއެވެ.

ވަނަތައް ހޯދި ހައުސްތައް:

ތާރީޚް މަހަލްދީބު، 1 ވަނަ ހޯދީ ޔާގޫތު

ފާރު ނޫސް، 1 ވަނަ އަސްރަފީ

އެހަނދާނުގައި ސީއެޗްއެސްސީ 1 ވަނަ ޔާގޫތު

ސަޅިބައިސާ 1 ވަނަ ޔާގޫތު

ކުއްލި މަޢުޟޫޢަށް ވާހަކަދެއްކުން 1 ވަނަ ފީރޯޒް

އެއް ވަނަަ ހޯދި ހދަރިވަރުން:

ކުއްލި މަޢުޟޫޢަށް ވާހަކަދެއްކުން 1 ވަނަ ދަރިވަރު ، އަޙްމަދު ޢަލާއި އިސްމާއީލް، 12C5

ކުއްލި މަޢުޟޫޢަށް ވާހަކަދެއްކުން 2 ވަނަ ދަރިވަރު، އިބްރާހީމް ރިފާއު 12C2

ކުއްލި މަޢުޟޫޢަށް ވާހަކަދެއްކުން 3 ވަނަ ދަރިވަރު، ޢާއިޝަތު އަލާ ޢަލީ 11S8

އެ ހަނދާނުގައި ސީއެޗްއެސްއީ 1 ވަނަ ޢާއިޝަތު ނީލް ޙުޞައިން 12އެސް10

ދިވެހި ދުވަހުގެ ހަރަކާތްތައް ނިންމާލުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ދިވެހި ބަހުގެ ޑިގްރީ ފުރަތަމަ ހެއްދެވި ބެޗްގެ އެއްވަނަ އަދި ދިވެހި ބަހުގެ މާސްޓާރސް ހެއްދެވި ފުރަތަމަ ބެޗްގެ އެއްވަނަ މުޙައްމަދު ޝާހިދު ޙަލީމެވެ. ދަރިވަރުންގެ ގުޅުމުގެ ލޯގޯ އަލުން ފަރުމާކޮށް އެ ލޯގޯ ބޭނުންކުރުގެ ގޮތުން ލޯގޯ ތަޢާރަފް ކޮށްދެއްވީ ޕްރިންސިޕަލް ޒުހްދުލް ޙައްޤްއެވެ.

 

ދިވެހި ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ މި މަހުގެ 3ން 5އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *