ފާއިތުވި 2023-2022 ވަނަ އަހަރު، ތ. ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މުހައްމަދު މިޝްއަލް މޫސާއެވެ. ފާއިތުވި އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ އޮތީ ބުރާސްފަތި ދުވަހުގެ ރޭ އެ ސްކޫލުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ، ސްކައުޓް އެސޯސިއޭޝަންގެ ޑެޕިއުޓީ ޗީފް ކޮމިޝަނަރ އަލްފާޟިލް ޢަބްދުﷲ އިސްމާއީލެވެ.

އެންމެ މޮޅު ދަރިވަރު ގެ މަގާމަށް ހޮވިފައިވާ މިޝް އަލް އަކީ ފާއިތުވި 2023ވަނަ އަހަރު އެ ސްކޫލުގެ ސްކޫ ކެޕްޓަނެވެ.
މި ޖަލްސާގައި 2022-2023 ވަނަ ދިރާސީ އަހަރުގެ ނަތީޖާއަށް ބަލައި، ޖެނެރަލް ޕްރޮފެސަންސީ، އޮނަލިސްޓެޑް އެވޯޑް، ސަބްޖެކްޓް ޕްރައިޒް، ކްލާސް ޕްރައިޒް، ކްލާސް ޕްރޮގްރެސް ޕްރައިޒް، ފަދަ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އެވޯޑު ދެވުނެވެ.
މުހައްމަދު މިޝްއަލް ވަނީ ފާއިތުވި އަހަރު ގްރޭޑް 10ން ކުލާސް ޕްރައިޒް 1ވަނަ އަދި ސަބްޖެކްޓް، ޕްރައިޒް އާއި ޖެނެރަލް ޕްރޮފިސިއެންސީ އެވޯޑް ވެސް ހާޞިލް ކޮށްފައެވެ.

2022-2023 ވަނަ ދިރާސީ އަހަރުގެ އޯލަވެލް އަދި އެސް.އެސް.ސި އިމްތިހާނުގައި ބައިވެރިވި ދަރިވަރުގެ ތެރެއިން އެންމެ މޮޅު 10 ދަރިވަރކަށް މިޝްއަލް ހޮވިފައިވަނީ 4 އޭ އާއި 4 ބީ ފާސް ހޯދައިގެންނެވެ.
advertisment
ހިޔާލު