މެޑިކަލް ދާއިރާއިން ފަންނީ ޤާބިލުކަން އިތުރު ކުރަން ތައިލެންޑްގެ ކުންފުންޏަކާއެކު އެމްއެންޔޫއިން ސޮއިކޮށްފި

ފަންނީ ޤާބިލުކަން އިތުރު ކުރަން ތައިލެންޑްގެ ކުންފުންޏަކާއެކު އެމްއެންޔޫއިން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި އެމްއޯޔޫގެ ސަބަބުން ސިއްޙީ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ- ފޮޓޯ: ޕީއެސްއެމް

މެޑިކަލް ދާއިރާއިން ފަންނީ ޤާބިލުކަން އިތުރު ކުރަން ތައިލެންޑްގެ ސަމިޓިވެޖް ޕަބްލިކް ކޮމްޕެނީއާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފަސް އަހަރު ދުވަހަށް، މި އެމްއޯޔޫގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒެވެ. ސަމިޓިވެޖް ޕަބްލިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ ސުރަންގަކަނާ ޓެޗަޕައިތޫނެވެ.

މި އެމްއޯޔޫގެ ސަބަބުން ރިސަރޗްގެ ދާއިރާއިންނާއި މުވައްޒަފުން ތަމްރީނު ކުރުމަށް ގިނަ ފުރުޞަތު ތަކެއް ފަހިވެގެން ދާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ތައިލެންޑްގެ ސަމިޓިވެޖް ޕަބްލިކް ކޮމްޕެނީގެ ދަށުން ހިންގާ ހޮސްޕިޓަލް ތަކުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި ސްޓާފުން ތަމްރީނު ކުރުމާއި ދެ ފަރާތް ގުޅިގެން ފަންނީ ޤާބިލުކަން އިތުރު ކުރުމަށް ޕްރޮގްރާމް ތަކެއް ހިންގުމަށް މަގުފަހިވާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ވައިސް ޗާންސެލަރ ޑރ. ޝެހެނާޒު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ޔުނިވަރސިޓީން މި އަހަރު ގުރެޖުއޭޓްވާ ޑޮކްޓަރުންގެ އިންޓަރޝިޕް ހެދުމުގެ ފުރުޞަތު ވެސް މި އެމްއޯޔޫގެ ސަބަބުން ފަހިވެގެން ދާނެ ކަމަށެވެ.

އެމްއެންޔޫއިން ބުނީ، ނާރސިންއާއި އެލައިޑް ހެލްތު ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ވެސް ސަމިޓިވެޖް ކުންފުނިން ހިންގަމުންދާ ހޮސްޕިޓަލުތަކުގައި ތަމްރީނު ވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ވިދާޅުވީ، މި އެއްބަސްވުމުގެ މަޤްޞަދަކީ ދެ މުއައްސަސާގެ މެދުގައި ރިސާރޗް ކުރިއަރުވާ އަދި ދަރިވަރުންނާއި މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އެ ކުންފުނީގެ ލަފަޔާއި އިރުޝާދު ހޯދުންކަމަށެވެ. އަދި އެތަންތަނަށް ދަރިވަރުންނާއި މުވައްޒަފުން ފޮނުވާ ފަންނީ ޤާބިލުކަން އިތުރު ކުރުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތައް ހިނގުން ހިމެނޭކަމަށް އެންއެންޔޫއިން ވިދާޅުވިއެވެ.

އެމްއެންޔޫއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ މެޑިލް ދާއިރާއަށް ކަމަށާއި މީގެ ތެރެއިން ނާރސިންއާއި އެލައިޑް ހެލްތު ދާއިރާ ވެސް ހިމެނޭ ކަމަށެވެ.

ސަމިޓިވެޖްއަކީ ތައިލެންޑްގައި ސިއްޚީ ޚިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ، ޕްރައިވެޓް އެންމެ ބޮޑު އެއް ކުންފުންޏެވެ. އެކުންފުނީގެ ދަށުން ކުޑަކުދިންގެ ދެ ހޮސްޕިޓަލެއް ވެސް ހިންގަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *