ތޭރަ ފަރާތަކާއެކު އެމްއެންޔޫގެ ފަހި ސުފުރާ ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކާބޯތަކެތީގެ މައުރަޒު "ފަހި ސުފުރާ" ތޭރަ ބައިވެރިންނާއެކު މިއަދު ފަށައިފިއެވެ.

ފަހި ސުފުރާ ހުޅުވައި ދެއްވީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝަޢުޤީއާއި ވައިސް ޗާންސެލަރު، ޑރ. ޢާއިޝަތު ޝެހެނާޒެވެ.

ޤައުމީ ޔުނިވަރސިޓީން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި މައުރަޒަކީ ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިންގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމުގެ މަޤުސަދުގައި ބާއްވާ ކުރިއަށް ގެންދާ މައުރަޒެކެވެ.

ޤައުމީ ޔުނިވަރސިޓީގެ މައިމަރުކަޒުގައި ކުރިއަށް ގެންދާ މި މައުރަޒު، މިއަދާއި މާދަމާ ކުރިއަށް ދާނެއެވެ. ހުޅުވިފައި ހުންނާނީ މެންދުރުފަހު 2 އިން 6 އަށް، އަދި ރޭގަނޑު 8 އިން 10 އަށެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، އާންމުކޮށް ހުޅުވާލާފައިވާ މި މައުރަޒުން 100އެއްހާ ވައްތަރުގެ ދިވެހި އުފެއްދުންތައް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *