މާދަރީ ބަހުގެ ދުވަހު، ތ. ކަނޑޫދޫ ސްކޫލުގެ ދަރިވަރުން ތަޖުރިބާ ކުރީ ކުޒަމާނުގައި ކެއުމަށް ބޭނުން ކުރި ކާބޯތަކެތި އަމިއްލައަށް ތައްޔާރު ކުރާނެ ގޮތެވެ.
މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ދަރިވަރުން ވަނީ، ކުރީ ޒަމާނުގެ، ކާތަކެތި ހަދާނެގޮތް ހޯދާ އެތަކެތި، އަމިއްލަ އަށް ސްކޫލުގައި ތައްޔާރު ކޮށް އަތަކެތި ތަޖުރިބާ ކޮށްފައެވެ. އެ ރަށުގައި އެންމެ ކުރީ ޒަމާނުގެ ތަކެތި ކެއްކީ ދަރިވަރުން ގްރޫޕތަކަކަށް ބަހާލައިގެން، ތަކެތި ތައްޔާރުކުރަން ބޭނުންވާ ތަކެއްތި ސްކޫލަށް ގެނަސްގެންނެވެ.

ކާ ތަކެތި ތައްޔާރުކުރުމަށް، ބޭނުންވާ ތަކެތި ކޮށައި، ކެއްކީ ދަރިވަރުން އަމިއްލަ އަށެވެ. ދަރިވަރުންގެ ހަރަކާތް ބެލުމަށް ކޮންމެ ގްރޫޕެއްގައި ވެސް ޓިޗަރު ބައިވެރިވިއެވެ.
ދަރިވަރުން ކެއްކުމަށް ފަހު ކާންހަދައި، ތަންތައްޔާރުކުމުގައި ވެސް އަމަލީ ގޮތުން ބައިވެރިވެފައި ވަނީ، ދަރިވަރުންނެވެ. ހަމަ އެއާއި އެކު ދަރިވަރުން ވަނީ، ގުރޫޕްތަކައުގެ މެދުގައި، ތައްޔާރުކު ކުރި ތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެއްޗާއި ތައްޔާރު ކުރިގޮތް ވެސް ލިޔެ ޕްރެޒެންޓްކޮށްފައެވެ. އެއަށްފަހު، ތަން ސާފުކޮށް ރީތިކުރުމުގައި ދަރިވަރުން ވަނީ ހަރަކާތްތެރި ވެފައެވެ.

މި ހަރަކާތުގެ ތެރެއިން ދަރިވަރުން ދިވެހިބަހުގެ ތެރެއިން ނެތިގެން ހިނގައިދާނެ ބަސްތައް ދަސްކޮށް، ދިވެހިންގެ އާދަކާދަ ތަޖުރިބާކޮށްފައިވާ ކަމަށް ކަނޑޫދޫ ސްކޫލުން ބުނެއެވެ.

މި ހަރަކާތުގެ ތެރެއިން ދިރިއުޅުމުގައި ބޭނުންތެރި އެތައް ހުނަރު ތަކެއް ދަރިވަރުން ވަނީ ދަސްކޮށްފައެވެ. މި ހަރަކާތަކީ، ދަރިވަރުން ނުހަނު ޝައުޤުވެރިވި ހަރަކާތެއް ކަމަށް އެރަށު ސްކޫލުން ފާހަގަކުރެއެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިއުމުގައި، ބެލެނިވެރިންނާއި ސްކޫލުގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ވެސް އެ ސްކޫލުން ފާހަގަކުރެއެވެ.
advertisment
ހިޔާލު