ހަ ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ.
ޕްރިންސިޕަލުން ހޯދަން އިއުލާން ކޮށްފައި ވަނީ، ލ. އިސްދޫއާއި އއ. އަތޮޅު މަދަރުސާއާއި ގދ. ރަތަފަންދޫ ސްކޫލާއި ހދ. ނޮޅިވަރަމު ސްކޫލާއި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން މ. އަތޮޅު މަދަރުސާއަށެވެ. މި ސްކޫލްތަކުގެ ޕްރިންސިޕަލުން ވުމަށް ޝައުޤުވެރިވާ ބޭފުޅުން އަންނަ މާރޗް މަހުގެ ތިން ވަނަ ދުވަހުގެ 13:30ގެ ކުރިން ލިޔެކިޔުންތައް އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.
ރޭންކް 1ގެ ޕްރިންސިޕަލެއްގެ މުސާރައަކީ 16،647 ރުފިޔާއެވެ. މަޤާމުގެ އެލަވަންސްގެ ގޮތުގައި 9،534 ރުފިޔާގެ އިތުރުން ހާޒިރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 258 ރުފިޔާ ލިބެއެވެ. ރޭންކް 2ގެ ޕްރިންސިޕަލަކަށް ލިބިވަޑައިގަންނަވަނީ 17،985 ރުފިޔާއެވެ. މަޤާމުގެ އެލަވަންސްގެ ގޮތުގައި 10،300 ރުފިޔާގެ އިތުރުން ހާޒިރީ އެލަވަންސްއަކަށް 279 ރުފިޔާ ލިބެއެވެ.
ކުރިމަތިލާ ފަރާތްތަކުގެ ޤާބިލްކަން ވަޒަން ކުރުމަށް ބަލާނެ ކަންތައްތައް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވާ ގޮތުން، މަޤާމުގެ އަސާސީ ޝަރުޠު ތަކުގެ ތެރެއިން ރޭންކް 1ގެ ޝަރުޠު ހަމަވާނަމަ 25 އިންސައްތަ ލިބެއެވެ. ރޭންކް 2 ގެ ޝަރުޠު ހަމަވާނަމަ 30 އިންސައްތަ ލިބެއެވެ. ތަޖުރިބާގެ މުއްދަތަށް ފަސް އިންސައްތަ، އިންޓަވިއުއަށް 40 އިންސައްތަ އަދި ޕްރެކްޓިކަލްއަށް ކަނޑައަޅާފައި ވަނީ 20 އިންސައްތައެވެ.
advertisment
ހިޔާލު