ޣާޒީ ސްކޫލުގެ އެއްވަނަ ތުމާޟިރަށް

ފާއިތުވި 2023-2022 ވަނަ އަހަރު، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް، އެ ސްކޫލުގެ ތުމާޟިރް ބިންތު މުސްތަޢުމިދު ހޯދައިފިއެވެ. ދެވަނަ ހޯދީ އާމިނަތު ސުމާނާ ޢަބްދުﷲއެވެ. ތިން ވަނަ އަށް ދެ ދަރިވަރުން ހޮވުނެވެ. އެއީ އާއިޝަތު އަންޖަލް އަޙްމަދާއި ޖިނާން ޢަބްދުﷲއެވެ.
މި ދަރިވަރުންނަށް ޢިނާމް ހަވާލުކޮށް ދެއްވި، ރަސްމިއްޔާތުގެ ޝަރަފުވެރިމެހުމާނު މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޝަފީޢުއެވެ.


އެއްވަނަ ހޯދި، ތުމާޟިރް ވަނީ، ޣާޒީ ސްކޫލުގެ ޕްރިފެކްޓް އަދި ސީނިއަރ ޕްރިފެކްޓްކަމާއި ބަވަނަ ކުލަބުގެ ވައިސް ޕްރެޒިޑެންޓްކަމުގެ އިތުރުން 2022 -2023 ވަނަ އަހަރު ސްކޫލު ކެޕްޓަންކަމުގެ ޒިންމާ އަދާކޮށްފައެވެ. އަދި އޭނާ ވަނީ 2023-2022 ވަނަ އަހަރުގެ ސާނަވީ އިމްތިޚާނުން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ.


ދެވަނަ ހޯދި ސުމާނާވަނީ ސްކޫލް ސީނިއަރ ޕްރިފެކްޓްކަމާ، ދޯދި ކުލަބުގެ ވައިސް ޕްރެސިޑެންޓުކަމުގެ އިތުރުން، ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ ޒިންމާ އަދާކޮށްފައެވެ.
ތިންވަނަ އަށް ދިޔަ ދެ ދަރިވަރުންގެ ތެރޭގައި ހިމެނޭ، ޖިނާން ވަނީ ސްކޫލް ގެ ޕްރިފެކްޓް ކަމާއި، ސީނިއަރ ޕްރިފެކްޓްކަމާއި، ވިޔަ ކުލަބުގެ ޕްރެސިޑެންޓްގެ ޒިންމާ އަދާކޮށްފައެވެ. ޖިނާން ވަނީ ސާނަވީ ނިންމާ އިމްތިޙާނުން ފާއިތުވި އަހަރު ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ.
ތިން ވަނައިގައި ހިމެނުނު އަންޖަލް ވަނީ ޕްރިފެކްޓް އަދި ސީނިއަރ ޕްރިފެކްޓްކަމާއި އާރޓް ކުލަބުގެ ވައިސް ޕްރެޒިޑެންޓްކަމާއި އަދި ސްކޫލު ޑެޕިއުޓީ ކެޕްޓަންކަންވެސް އަދާ ކޮށްފައެވެ. އަންޖަލްއަށް ލިބުނީ ސާނަވި އިމްތިޙާން ނިންމާ އިމްތިޙާނުގައި ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *