ގުރޭޑް 10ގެ ދަރިވަރުންގެ މޮކް އެގްޒާމް ފަށައިފި

ގުރޭޑް 10ގެ ދަރިވަރުންގެ ފަހު އިމްތިޙާނުގެ ގޮތުގައި ބާއްވާ މޮކް އެގްޒާމް މިއަދު ފަށައިފިއެވެ. އަށް މާއްދާއިން ދޭ މި އިމްތިޙާން މިއަދުން ފެށިގެން އަންނަ މާރޗް މަހުގެ 14 ވަނަ ދުވަހާ ހަމައަށް ދާނެއެވެ.

މޮކް އެގްޒާމް ބާއްވާ ދުވަސް ރޯދަމަހާ ދިމާވާތީ، މި ފަހަރު އެ އެގްޒާމް ނަގަނީ ކުރިން ތާވަލު ކޮށްފައިވާ ތާރީޚަށްވުރެ އަވަހަށެވެ.

އޯލެވެލްގައި ދަރިވަރުން ބައިވެރިކުރުމަށް މޮކް އެގްޒާމް މުހިންމެވެ. އެހެންވެ އެ އެގްޒާމަށް ވެސް ކުދިން ދުރާލާ ތައްޔާރުވެއެވެ. ސަތޭކަ ދުވަހުގެ ކައުންޑައުންއެއް ފަށައި، ސްކޫލްތަކުން ދަނީ " ސްޓަޑީ ކޭމްޕް" ތައް ބާއްވަމުންނެވެ.

މި ބަދަލާއެކު މިހާރު ކުރިއަށްދާ ދިރާސީ އަހަރު ނިމޭނީ އަންނަ އެޕްރީލް މަހުގެ 30ގައެވެ.

ދިރާސީ އާ އަހަރު، 26 މެއި 2024 ގައި ފަށައި،  20 ފެބުރުއަރީ 2025 ގައި ނިންމާނެއެވެ. 2025 ވަނަ އަހަރު ދިރާސީ އަހަރު ކުރިއަށް ދާނީ މާރޗް 9ން ޑިސެމްބަރު 20 އާ ހަމައަށެވެ.

އަންނަ އަހަރުގެ ޑިސެމްބަރު މަހު ބޮޑު ޗުއްޓީއަށްފަހު، ސްކޫލްތައް ހުޅުވޭނީ ޖެނުއަރީގައެވެ. އޭގެ ފަހުން ދިރާސީ އަހަރު ފަށާނީ ޖެނުއަރީ މަހު އެވެ.

ދިރާސީ އަހަރަށް ގެނެވޭ ބަދަލުގެ ސަބަބުން ގްރޭޑް 9 އަދި 10ގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާއްނާނެ ކަމަށާއި ކުރިން ވެސް ރޭވިފައިވާ ގޮތަށް އެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ/ޖޫން ގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *