ވީއައިއެޗްއެސްގެ ބިޒްނަސް ސްޓްރީމްގެ 40 ދަރިވަރުން ޢަމަލީ ތަޖުރިބާ ދަތުރެއްގައި މެލޭޝިއާ އަށް

ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ގުރޭޑް 11ގައި ބިޒްނަސް ސްޓްރީމަށް ކިޔަވާ 40 ދަރިވަރުން ޢަމަލީ ތަޖުރިބާ ދަތުރެއްގައި މެލޭޝިއާ އަށް ފުރައިފިއެވެ.

ދިހަ ދުވަހުގެ މި ދަތުރުގައި އެ ދަރިވަރުން ފުރީ ރޭ ގައެވެ.

ވިލާ ހައި ސްކޫލުން ބުނީ، މި ދަތުރަކީ ކުލާސްރޫމުގައި ކިޔަވާ ފިލާވަޅުތަކާއި ކަންހިނގާ ގޮތާ ގުޅުވާލުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށެވެ.

މި ދަތުރުގައި މެލޭޝިއާގެ ސްޓޮކް އެކްސްޗޭންޖާއި ސެންޓްރަލް ބޭންކާއި އަދި ބައެއް ބޭންކްތަކުގެ އިތުރުން ބައެއް ފެކްޓަރީ ތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރާނެއެވެ. އަދި އަމަލީ ތަޖުރިބާ ވެސް އެ ތަންތަނުން ދަރިވަރުން ހޯދާނެ ކަމަށް ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުން ބުނެއެވެ.

ބިޒްނަސް ދަރިވަރުންނާއެކު މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ވިދާޅުވީ، އެ ސްކޫލުން ކުރާ މި ފަދަ ދަތުރުގެ ސަބަބުން ދަރިވަރުން ކުރިއަށް ދާނެ ރޮނގުތައް ފާހަގަކުރުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި އެއީ ކުދިންގެ ކުރިމަގަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެއް ކަމަށެވެ.

ކޮންމެ އަހަރަކު ބާއްވާ މި ދަތުރަށް ވިލާ ހައި ސްކޫލުގެ ބެލެނިވެރިންނާއި އަދި މެލޭޝިއާގެ ޔުނިވަރސިޓީތަކާއި ފެކްޓަރީތަކުން ވަގުތު ހުސްކޮށް، ދަރިވަރުންނަށް ދެމުން ގެންދާ އެއްބާރުލުމަށް އެ ސްކޫލުން ޝުކުރު އަދާކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *