ދަރުމަވަންތަ ސްކޫލުގައި ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ތަޢުލީމާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.
އެ ވުޒާރާއިން މި މަހުގެ 18 ވަނަ ދުވަހު ކުރި އުލާނުގައި ބުނެފައިވާ ގޮތުން، ޓާފް އަޅަން ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި ބީލަން ހުށަހަޅަން ޖެހެނީ އަންނަ މާރޗް މަހުގެ 5 ވަނަ ދުވަހުގެ 10:00ގައި ތަޢުލީމީ ވުޒާރާއަށެވެ. މި ޕްރޮޖެކްޓަށް 60 ދުވަހުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިހަހާސް ހުށަހަޅަން ޖެހެއެވެ.
ތަޢުލީމީ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވާ މަލޫމާތަށް ބަލާއިރު، ދަރުމަވަންތަ ސްކޫލުގައި އަޅަނީ 96.3 ފޫޓް 54.9 ފޫޓްގެ ޓާފް ދަނޑެކެވެ.
އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޓާފް ދަނޑެއް ނެތުމުގެ މައްސަލަ ދަރުމަވަންތަ ސްކޫލުން އަންނަނީ ފާހަގަކުރަމުންނެވެ. އަދި އެ ސްކޫލުގައި އިންޑޯ ހޯލެއް ނެތުމުން ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް އެ ސްކޫލާ ޖެހިގެން، މާލޭގެ ޖަލު ހިންގި ބިން މިހާރު ވަނީ އެ ސްކޫލަށް ހަމަޖައްސާދީފައެވެ. އެތަނުގައި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރަން ތަޢުލީމީ ވުޒާރާއިން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު