ޢަމަލީ ތަޖުރިބާ ދަތުރެއްގައި، ވިލާ ހައި ސްކޫލުގެ ސައިންސް ސްޓްރީމްގެ 38 ދަރިވަރުން މެލޭޝިއާ އަށް

ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ގުރޭޑް 11ގައި ސައިންސް ސްޓްރީމަށް ކިޔަވާ 38 ދަރިވަރުން ޢަމަލީ ތަޖުރިބާ ދަތުރެއްގައި މެލޭޝިއާ އަށް ފުރައިފިއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ތަޖުރިބާ ހޯދަން ކުރާ މި ދަތުރުގައި ބައިވެރިވާ ސައިންސް ސްޓްރީމުގެ ދަރިވަރުންނަށް މެލޭޝިޔާގެ ނޭޝަނަލް ސައިންސް ސެންޓަރ އާއި، މެލޭޝިޔާ ބައެއް ޔުނިވަރސިޓީތަކަށައި ދަރިވަރުން ކިޔަވާ މާއްދާތަކާ ގުޅުން ހުރި ބައެއް ފެކްޓަރީތަކަށް ޒިޔާރަތްކޮށް އެ ފެކްޓަރީ ތަކުގައި މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލައި، އެކަން ޢަމަލީ ގޮތުން ތަޖުރިބާ ކުރާނެއެވެ.

ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ސައީދު އަޙްމަދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ކޮންމެ އަހަރަކު އެ ސްކޫލުން ކުރަމުން އަންނަ ތަޖުރިބާ ދަތުރަކީ ދަރިވަރުންނަށް މުހިންމު ކަންތައްތަކެއް ދަސްވުމާއި އެ ކަންތައްތަކަށް ލޯ ހުޅުވެން ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ. އަދި ކުރިން ނުފެންނަ އެތައް ކަމެއް މި ދަތުރުގެ ތެރެއިން އިންތިޒާމް ކުރެވޭ ކަންތައްތަކުން ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ދަރިވަރުން ކިޔަވާ މާއްދާތަކުން ޢަމަލީ ތަޖުރިބާ ހޯދައިދޭން އެ ސްކޫލުން އެ ދަތުރު ބާއްވާތާ ބާރަ އަހަރު ވެފައިވާއިރު، އިންތިޒާމް ކުރާ ގޮތަށް ކޮންމެ ދަތުރެއް ވެސް ނިންމާލެވޭ ކަމަށެވެ.

" މިއީ ދުރާލާ ރޭވިގެން އިންތިޒާމް ކުރެވިގެން އަޅުގަނޑުމެން ކުރަމުން އަންނަ ދަރިވަރުންނަށް މުހިންމު ދަތުރެއް. މި ދަތުރުގެ ތަޖުރިބާ ދަރިވަރުންނަށް ވަރަށް މުހިންމު. ބައިވެރިވާ ދަރިވަރުން ވެސް އެކަން ފާހަގަކުރަމުން އަންނަނީ" ސައީދު ވިދާޅުވިއެވެ.

މި ދަތުރުގައި އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަޙްމަދުގެ އިތުރުން ޓީޗަރުން ވެސް ބައިވެރިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *