މާސްޓަރސް އޮފް ޕްރޮފެޝަނަލް އެކައުންޓިންގ ޕްރޮގާރާމެއް ވިލާ ކޮލެޖުން ފަށަން ނިންމައި، އެ ކޯސް އިފްތިތާޙް ކޮށްފިއެވެ.
މި ޕްރޮގުރާމު ލޯންޗުކޮށްދެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާއި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ.
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓުން ފަށާ މި ޕްރޮގްރާކީ އެކައުންޓިންގ އެންޑް ފައިނޭންޝިއަލް ގިނަ ދާއިރާތަކުގެ މުހިންމު ބައިތަކެއް އެކުލެވިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
ވިލާ ކޮލެޖުން ބުނީ މިއީ ވިޔަފާރިއާއި ކޮންސަލްޓިންގ، އަދި ފައިނޭންސްގެ ދާއިރާއިން ކުރިއެރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަށީގެންވާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ފަރުމާ ކޮށްފައި ވަނީ ފުރަތަމަ ހަތަރު މޮޑިއުލް ފުރިހަމަކުރުމުން ކޯސް ގްރެޖުއޭޓް ސެޓްފިކެޓް އިން އޮޑިޓިން އެންޑް އެޝުއަރެންސް ލިބޭ ގޮތަށެވެ. މިއީ އެއް އަހަރު ދުވަހުން ފުރިހަމަ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، އެމްއެންކިޔުއެފް ލެވެލް 9 އެއްގެ ކޯހެކެވެ. މި ކޯހުގެ ފީ އަކީ 4،550 ރުފިޔާއެވެ.
މި ޕްރޮގްރާމް އިފްތިތާޙުކޮށް ދެއްވައި، ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީޤް ވަނީ، ރައްޖޭގައި ރަނގަޅު ފެންވެރެއްގާއި އެކައުންޓިންގ ފައިނޭންސް ޕްރޮގްރާމް އަދި ޕްރޮފެޝަނަލް ތަމްރީނުތައް ހިނގުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި ވިލާ ކޮލެޖުން މުޖުތަމައުއަށް ގާބިލް ދަރިންތަކެއް ނެރުމަށް ކުރަމުންދާ މިންނަތް މަސައްކަތުގެ އަގުވަޒަން ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓާރ، ޑރ. އަލީ ނަޖީބު ވިދާޅުވީ، އެ ކޮލެޖުގެ ގެ އެކައުންޓިން އަދި ފައިނޭންސްގެ އަންޑާރގްރެޑް އަދި ޕޯސްޓްގްރެޑް ޕޮރޮގްރާމް ތަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވިފައިވާ ކަމަށެވެ. އަދި އެކައުންޓިން އަދި ފައިނޭންސްގެ ޑިގްރީއެއް ނިންމައި އޭސީސީއޭ ގެ ހުރިހާ ލެވެލް އެއް ނިންމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.
advertisment
ހިޔާލު