ޖަމާލުއްދީން ސްކޫލަށް 39 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ސްކޫލުން ބާއްވާ ޖޭއެސް ފެއަރ ބާއްވައިފިއެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު، "ޖޭއެސް ފެއަރ"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ފެއަރއަށް ގިނަ އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރިއެވެ.

ކޮންމެ އަހަރަކުވެސް މިފެއަރ ކުރިއަށް ގެންދަނީ ކުދިންނަށް ބައިވެރިވޭ ތަފާތު ގިނަ ހަރަކާތްތައް ހިމަނައިގެންނެވެ.
ކުރީ އަހަރުތަކާ ޚިލާފަށް މި ފަހަރު ފެއަރ ކުރިއަށް ގެންދިޔައީ ނޮވެލްޓީގެ ފަރާތުން ކުރިއަށް ގެންދިޔަ ބުކް ފެއަރއަކާ އެކުގައެވެ.

ޖޭއެސް ފެއަރގައި ރޯބޯމޭންއާއި ހަބޭސް ބޮޑު ބެރު ގުރޫޕްގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔައެވެ.
advertisment
ހިޔާލު