ފާއިތުވި 2023-2022 ވަނަ އަހަރު، ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ޒާރާ އިސްމާއިލް އައްބާސް ހޮވައިފިއެވެ. ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދެވަނަ ދަރިވަރަކީ މުޙައްމަދު ރިޔާން އަމްޖަދެވެ. ތިން ވަނަ ދަރިވަރަކީ ހުސައިން ޔޫޙް އާމިރެވެ. މި ދަރިވަރުންނަށް އިނާމް ދެއްވީ ރޭ ހިރިޔާ ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވި އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން، ޑޮކްޓަރު އާމިނަތު ޝާފިޔާއެވެ.

އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދި ޒާރާއަކީ ފާއިތުވި އަހަރު ހިރިޔާގެ ސްކޫލުގެ ކެޕްޓަނެވެ. ޒާރާ ވަނީ ސާނަވި އިމްތިހާނުގެ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދާފައެވެ.
ދެވަނައަށް ދިޔަ ރިޔާން ހިމެނުނީ ސާނަވީގެ ގަދަ ދިހައެއްގެ ދެ ވަނައިގައެވެ. ތިން ވަނައަށް ދިޔަ ޔޫޙްއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ގޭމްސް ކެޕްޓަނެވެ. އޭނާ ހިމެނުނީ ސާނަވީގެ ގަދަ ދިހައެއްގެ ފަސް ވަނައިގައެވެ.
ފާއިތުވި އަހަރު، ސާނަވީގެ ގަދަ ދިހައެގައި ހިރިޔާ ސްކޫލުގެ 17 ދަރިވަރުން ހިމެނުނެވެ.
advertisment
ހިޔާލު