މިއަދަކީ ލ. އަތޮޅު ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ 26 ވަނަ އަހަރީ ދުވަހެވެ. ދުވަހާ ގުޅިގެން އެ ސްކޫލުގައި ޚާއްޞަ އެސަމްބްލީއެއް ވަނީ ބާއްވާފައެވެ. މި އެސަމްބްލީގައި އެ ސްކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

އެސަމްބްލީއަށްފަހު، އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ކިޔަން ހަދިޔާ ހިފައިގެން ދަރިވަރުން ދިޔައީ އިސްރަށްވެހިންގެ ގާތަށެވެ. ގުރޫޕްތަކަށް ބަހާލައިގެން ހަތަރު ސަރަހައްދަކުން ކުރިއަށް ގެންދިޔަ ހަދިޔާ ދިނުމުގެ ހަރަކާތުގައި އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.

އަހަރީ ދުވަހާ ގުޅިގެން އިސްރަށްވެހިންނަށް ހަދިޔާ ދިނުމަކީ އެއީ 2017 ވަނަ އަހަރުން ފެށިގެން ޙަމަދު ސްކޫލުން ޤަވާއިދުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ޙަމަދު ސްކޫލުގެ ޕްރިންސިޕަލް ޝައުކަތު ލަތީފު ދަރިވަރު ނޫހަށް މިރޭ ވިދާޅުވީ، އަހަރީ ދުވަހާ ގުޅިގެން އިސްރަށްވެހިންނަށް ހަދިޔާ ދިނުމުން އިސް ރަށްވެހީންނަށް ތަފާތު އިހުސާސެއް ކުރެވޭ ކަމަށެވެ.
" ދަރިވަރުން ގޭގެއަށް ގޮސް އަހަރީ ދުވަހުގެ ހެޔޮއެދުންތައް ރައްދުކޮށްފައި، ހަދިޔާއެއް މި ދެނީ. މީގެ ސަބަބުން ދަރިވަރުންނަށް ވެސް އަދި އިސްރަށްވެހީންނަށް ވެސް އުފާވެރި އިހުސާސްތަކެއް ކުރެވޭ"

800 އެއްހާ ދަރިވަރިން، ގުރޭޑް 12އާ ހަމައަށް ކިޔަވަމުންދާ ޙަމަދު ސްކޫލުގެ ގުރޭޑް 7ން މަތީގެ ދަރިވަރުން ވަނީ އެ ސްކޫލުގެ ގޯތިތެރޭގައި ގަސް އިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މިއީ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުގެ ގޯތިތެރޭގައި އިންދި ގަސްތަކެވެ. ގަސް އިންދުމުގައި އެ ސްކޫލުގެ މުދައްރިސުން ވެސް ބައިވެރިވިއެވ
advertisment
ހިޔާލު