ހ. އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕަށް ހޯރަފުށީ ކައުންސިލާއި އަންހެނުންގެ ކޮމިޓީން 30000 ރުފިޔާގެ އެހީއެއް ވެދީފިއެވެ.
ސްޓަޑީ ކޭމްޕް ބާއްވަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން 20،000 ރުފިޔާދިން އިރު، ހޯރަފުށީ ކައުންސިލުން 10،000 ރުފިޔާ ހަމަޖައްސާދީފައި ވެއެވެ.
ހދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހުސައިން ނައީމް ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ސްޓަޑީ ކޭމްޕް ގެންދަނީ ތަފާތު ހަތަރު، ހަފްތާ ބަންދުގައި ކަމަށާއި، އެ ކޭމްޕްތަކުގައި ކިޔަވައި ދެއްވާނީ ރިސޯސް ބޭފުޅުންގެ ގޮތުގައި މާލެއިން ގެންނަ ވަކިވަކި މާއްދާތަކުގެ ތަޖުރިބާކާރު މުދައްރިސުން ކަމަށެވެ.
އޭނާ ވިދާޅުވީ، ސްޓަޑީ ކޭމްޕްގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދޭނީ ކެމިސްޓްރީއާއި އިނގިރޭސިއާއި ބިޒްނަސްއާއި ޓްރެވަލް އެންޑް ޓޫރިޒަމްއާއި ބައިލޮޖީއާއި ފިޒިކްސްގެ އިތުރުން ހިސާބު މާއްދާ ކަމަށެވެ.
ހއ. އަތޮޅު މަދަރުސާގައި 400އާ ކައިރި ކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެ މަދަރުސާގައި ކިޔަވައި ދެނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށެވެ.
advertisment
ހިޔާލު