2023-2022 ވަނަ އަހަރު، އަމީނިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މައިޔަމް ޝައްމާ ހަސަން ހޯދައިފިއެވެ.
ރޭ ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި އެންމެ މޮޅު ތިން ދަރިވަރުންނަށް އިނާމް ދެއްވީ، މަތީ ތަޢުލީމާ ބެހޭ ވަޒީރު، ޑރ. މަރިޔަމް މާރިޔާއެވެ.
އަމީނިއްޔާގެ އެންމެ މޮޅު ދެ ވަނަ ދަރިވަރަކީ މާއިން ހުސައިން ރަޝީދެވެ. ތިން ވަނައަށް ދިޔައީ އާމިނަތު ރިބާޔާއެވެ.
ޝައްމާ ވަނީ، ހަ އޭ ސްޓާއާއި އެއް އޭ އަދި އެއް ބީ ހޯދައިގެން ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ. ޝައްމާ ވަނީ 2023 ވަނަ އަހަރު ސްކޫލްގެ ދައިނކަނބާ ހައުސްގެ ކެޕްޓަންކަން އަދި ސްޓުޑެންޓް ކައުންސިލުގެ މެމްބަރެއްގެ ދައުރު އަދާކޮށްފައެވެ.
ދެ ވަނައަށްދިޔަ މާއިން ވަނީ މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދާފައެވެ. ސީނިއަރ ޕްރިފެކްޓެއްގެ އިތުރުން ފާއިތުވި އަހަރު އަމީނިއްޔާގެ ޑިޕެއުޓީ ގޭމްސް ކެޕްޓަންކަން ވެސް މާއިން އަދާކޮށްފައިވެއެވެ. ރިބާޔާއަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނައެވެ. އޭނާއަކީ އަމީނިއްޔާގެ ދިވެހި އަދަބީ ޗޭނުގެ ރައީސްގެ އިތުރުން ރާދަފަތި ހައުސްގެ ޑެޕިއުޓީ ކެޕްޓަންގެ އިތުރުން ސީނިއަރ ޕްރިފެކްޓެކެވެ.
ފާއިތުވި ދިރާސީ އަހަރު އަމީނިއްޔާ ސްކޫލުގެ އާބާދީއަކީ 2186 ދަރިވަރުންނެވެ.
advertisment
ހިޔާލު